މޫނު ރީތިކުރުމަށްޓަކައި ފޭސްމާސްކު ބޭނުންކުރާފަދައިން ތުންފަތަށްވެސް ލިޕްސް މާސްކް ބޭނުންވެއެވެ. ތިރީގައި މިވަނީ ލިޕްސް މާސްކު ތައްޔާރުކޮށްލެވިދާނެ ފަސޭހަ ގޮތްތަކެކެވެ. މާބޮޑު ޚަރަދެއް ނުކޮށް ގޭގައި ތައްޔާރުކޮށްލެވިދާނެ މި ލިޕްސް މާސްކުތަކަކީ ވަރަށްވެސް ނަތީޖާ ރަނގަޅު ކަމަށް ފާހަގަ ކުރެވޭ ލިޕްސް މާސްކު ތަކެކެވެ.
ލުނބޯ އާއި މާމުއި ލިޕްސް މާސްކު
ބޭނުންވާނެ ތަކެތި
1 ސައިސަމުސާ މާމުއި
1 ސައިސަމުސާ ލުނބޯ ހުތް
ހަދާނެ ގޮތް
ލުނބޯހުތާއި މާމުއި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ތުންފަތުގައި އުނގުޅާށެވެ. ދެމިޓް ވަންދެން ބެހެއްޓުމަށްފަހު ފިނި ފެންފޮދަކުން ދޮވެލާށެވެ. ދެން ރަނގަޅަށް ހިއްކާލާށެވެ.
ރީންދޫއާއި ޔޯގަޓް ލިޕްސް މާސްކު
ބޭނުންވާނެ ތަކެތި
1 ސައިސަމުސާ މާމުއި
1 ސައިސަމުސާ ރީންދޫ
ހަދާނެ ގޮތް
ރީންދޫއާއި މާމުއި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ތުންފަތުގައި އުނގުޅާށެވެ. ދެތިން މިނިޓް ވަންދެން ތުންފަތުގައި އުނގުޅާފައި ބަހައްޓާށެވެ. ދެން ފިނި ފެންފޮދަކުން ދޮވެލާ ތުވާއްޔަކުން ނުވަތަ ޓިޝޫއަކުން ހިއްކާލާށެވެ.
އޮލެވެރާ ޖެލްއާއި ޒައިތޫނި ތެޔޮ ލިޕްސް މާސްކު
ބޭނުންވާނެ ތަކެތި
1 ސައިސަމުސާ އޮލެވެރާ ޖެލް
1 ސައިސަމުސާ ޒައިތޫނި ތެޔޮ
ހަދާނެ ގޮތް
އޮލެވެރާ ޖެލްއާއި ޒައިތޫނިތެޔޮ ރަނގަޅަށް އެއްކުރާށެވެ. ދެން ތުންފަތުގައި އުނގުޅާށެވެ. ދެ މިނިޓް ވަންދެން ތުންފަތުގައި އުނގުޅާފައި ބަހައްޓާށެވެ. ދެން ފިނި ފެންފޮދަކުން ދޮވެލާ ތުވާއްޔަކުން ނުވަތަ ޓިޝޫއަކުން ހިއްކާލާށެވެ.
