ކާށިތެލުގެ މި ފަރުވާއަކީ މާބޮޑަށް ހިކިފައިވާ އިސްތަށިގަނޑަށް އަޖައިބެއްހާ ރަނގަޅު އެއްޗެކެވެ. މި އަޖައިބު ކުރުވަނިވި ފަރުވާ ހަފްތާއަކު ތިން ފަހަރު ބޭނުންކޮށްފިނަމަ ދުޅަހެޔޮ އިސްތަށިގަނޑެއް ލިބި އަދި ކުރަކި އިސްތަށިގަނޑުގެ މައްސަލަތަކުން ސަލާމަތްވެވޭނެއެވެ.
2- މޭޒުމަތީ ސަމުސާ ކާށިތެޔޮ (ސާފު ކާށިތެޔޮ)
1- ސަމުސާ ސާފު މާމުއި
1- ބިސް
ކުޑަ ތައްޓަކަށް ކާށިތެލާއި މާމުއި އެއްކޮށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް އެއްކުރުމަށްފަހު އޭގެ ތެރެއަށް ބިހެއް އަޅާ މަޑުމަޑުން އެއްކުރާށެވެ. ފަސޭހަ ކޮށްލުމަށްޓަކައި މިކްސަރެއްވެސް ބޭނުން ކުރެވިދާނެއެވެ.
އެއްކުރެވުނު ޕޭސްޓް އިސްތަށިގަނޑުގައި އުނގުޅާށެވެ. ގާތްގަނޑަކަށް 30 މިނެޓް ވަންދެން އިސްތަށިގަނޑުގައި ހާކާފައި ބަހައްޓާށެވެ. މާގިނައިރު ބަހައްޓައިފިނަމަ އިސްތަށިގަނޑު މާބޮޑަށް ހަރުވެ އިސްތަށިގަނޑަށް ގެއްލުން ވެދާނެއެވެ. 30 މިނެޓް ފަހުން އާދައިގެ ފެނުން މަޑުމަޑުން އިސްތަށިގަނޑު ދޮވެލުމަށްފަހު ޝޭމްޕޫ ބޭނުންކޮށްގެން އިސްތަށިގަނޑު ދޮވެލާށެވެ. ދެން ރަނގަޅަށް އިސްތަށިގަނޑު ދޮވެލުމަށްފަހު ތުވާލިން އިސްތަށިގަނޑު ހިއްކާލާށެވެ. ހެއާޑްރައިއަރ ބޭނުންކުރުމުން ދުރުހެލިވާށެވެ.
