ޗޮކްލެޓް ޕީނަޓް ބަނާނާ ބައިޓްސް

ޗޮކްލެޓް ޕީނަޓް ބަނާނާ ބައިޓްސްއަކީ  ރޯދަމަހުގެ ސުފުރާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެވޭނެ ކުޑަކުދިން ވަރަށް ގާޔާވާނެ ފޮނިއެއްޗެކެވެ.

 ބޭނުންވާ ތަކެތި:

3 ދޮންކެޔޮ

ޕީނަޓް ބަޓަރ

ޑާރކް ޗޮކްލެޓް ޗިޕްސް

ކާށިތެޔޮ ނުވަތަ ބަޓަރ ކޮޅެއް

 

ތައްޔާރުކުރާނެ ގޮތް:

ދޮންކެޔޮތައް މާބޮޑަށް ތުނިނުވާނެހެން ރަނގަޅަށް ފޮތިކުރާށެެވެ. ސޭންޑްވިޗް ހަދާގޮތަށް ދެފޮތި ދޭތެރެއަށް ޕީނަޓް ބަޓަރ އަޅާށެވެ. އެގޮތަށް ހުރިހާ ދޮންކެޔޮ ފޮތިތަކެއްވެސް ހަދާށެވެ. ދެން ފުރިޖްގެ ގަނޑުކުރާ ބަޔަށް ލާ ރަނގަޅަށް ގަނޑުކޮށްްލާށެވެ. ތަވައަކަށް ޑާރކް ޗޮކްލެޓްތައް އަޅާ ކާށިތެޔޮ ނުވަތަ ބަޓަރ ކޮޅެއްގައި ހޫނުކޮށްލާށެވެ. އޭރުން ޗޮކްލެޓްތައް ރަނގަޅަށް ވިރޭނެއެވެ. ދެން ފިނިކުރި ދޮންކެޔޮތައް ނަގާ ޗޮކްލެޓްތެރެއަށް ގަންބާށެވެ. ބޭނުންނަމަ އިލޮށިކޮޅެއް ޖެހިދާނެއެވެ. އެއަށްފަހު ފިނިކުރުމަށްޓަކައި އަނެއްކާވެސް ފުރިޖަށް ލާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *