ފުލުހުންގެ ފްލެޓު އިމާރާތް ކުރުމަށް ހަވާލުކުރި ކޮންޓްރެކްޓަރު، (އައިލެންޑް އެކްސްޕާޓުން) އަމަލުކުރި ގޮތުން ފުލުހުންގެ ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯ އަށް ލިބުނު ގެއްލުމުގެ ބަދަލުގައި ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ލަގްޒަރީ ފްލެޓު އިމާރާތް، ދައުލަތަށް ނަގައިދިނުމަށް އެދެން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ނިންމައިފި އެވެ.
ފުލުހުންގެ ފްލެޓް މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 13 ބުރީގެ 3 ޓަވަރުގެ ކޮންސްޓްރަކްޝަން މަސައްކަތް 2013 ވަނަ އަހަރު ހަވާލުކުރީ ނޫމަޑި އާ އެވެ. އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފައިސާގެ ދަތިކަމާ ހެދި ނޫމަޑީގެ އެގްރިމެންޓް ޖެނުއަރީ 27، 2016 ގައި ބާތިލް ކުރި އެވެ.
ން އެ މަޝްރޫއު ހިންގާފައި ވަނީ އައިލެންޑް އެކްސްޕާޓުންނެވެ. އެކަމަކު ކޮވިޑާ އެކު އެ ކުންފުނި ބަނގުރޫޓުވެ، މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދެވުމުން އެއްބަސްވުން އުވާލީ އެވެ. އޭގެ ފަހުން އެ ފްލެޓްތަކުގެ މަސައްކަތްކުރީ އަަމީން ކޮންސްޓްރަކްޝަނުންނެވެ. އެއާއެކު މަސައްކަތް ނިންމުމުގައި ދިގުލައިގެން ގޮސް ފްލެޓުތަކަށް ވަދެވޭ ވަރު ވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.
'ބްލޫސް ހައުސިން' ގެ ނަމުގައި ފުލުހުންގެ ވެލްފެއާ ކުންފުނިން ހުޅުމާލޭގައި އިމާރާތް ކުރި ޕޮލްކޯ ފްލެޓުގެ މަޝްރޫއުއިން އެތައް ކޮރަޕްޝަންގެ އަމަލެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު ބޮޑެތި ބަދަލުތައް ގެނެސްފައިވެއެވެ.
އަދި އެ ފްލެޓް މަޝްރޫއުއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުކޮށްފައި ވާއިރު 355 މިލިއަނުގެ ގެއްލުން ވެފައިވާ ކަމަށް ވެސް އޮޑިޓުގައި ފާހަގަކޮށްފައި ވެއެވެ.
އެއާއެކު އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި މަޖިލިހުގެ ނައިބު ރައީސް އަދި އެ ކޮމިޓީގެ މުގައްރިރު އަހުމަދު ނާޒިމް ވަނީ އެ އިމާރާތް ދައުލަތަށް ނަގަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި އެދެން ނިންމިކަން ހާމަކޮށްފައެވެ.
ހުޅުމާލެ 2 ގެ ލޮޓް ނަންބަރު 20493 ގައި އައިލެންޑް އެކްސްޕާޓުން އިމާރާތް ކުރަމުން އަންނަނީ 117 އެޕާޓްމެންޓްގެ ލަގްޒަރީ ފްލެޓް އިމާރާތަކެވެ. އަދި އެ ފްލެޓް އިމާރާތުގެ ބިން ސަރުކާރަށް ނަގަން ހުށަހެޅީ ފުލުހުންގެ ފްލެޓް އިމާރާތް އެޅުމުގައި ޕޮލްކޯ އަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގަ އެވެ.
