ރަސްމާލެ ހިއްކުމުގެ މަސައްކަތް އިތުރު ޑްރެޖަރަކާއެކު ހަލުވިކުރަނީ

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ތަރައްގީކުރާ ރަސްމާލެއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އިތުރު ޑްރެޖަރަކާއެކު މި ހަފްތާގައި އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެޗްޑީސީން ނޫސްވެރިންނަށް ދެއްކި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާތަނަށް 129 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބިމާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގައި ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ރޭވިފައެވެ.

މި މަޝްރޫއުގެ މަސައްކަތް މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި މޯހަން މުތާ އެކްސްޕޯޓްސްއިން ކަމަށްވާއިރު، މަސައްކަތް އަވަސްކުރުމަށްޓަކައި ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏާ މި މަހު ވަނީ މަސައްކަތް ހަވާލުކޮށްފައެވެ. އެ ކުންފުނިން ބޭނުންކުރާނެ ޑްރެޖަރު މިހާރު ވަނީ ރާއްޖެ ގެނެސް، ކަސްޓަމްސް ކްލިއަރެންސްގެ މަރުހަލާ ނިންމާފައެވެ.

ރަސްމާލެއަކީ 240،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްގީކުރާ ސިޓީއެއް ކަމަށްވާއިރު، މި ސިޓީގައި 26،000 ފްލެޓާއި 11،000 ގޯތި ދޫކުރުމަށް ވަނީ ރޭވިފައެވެ. މި ސިޓީ ތަރައްގީކުރެވެނީ މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ރައްކާތެރިވުމަށް، މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރުގެ އުސްމިނަށެވެ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *