ލިވަޕޫލް އާއި ސިޓީ ސެމީ އަށް މިސްރާބު ޖަހައިފި!

ޗެމްޕިއަންސް ލީގު؛ ޗެމްޕިއަންސް ލީގު ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތަކުން ލިވަޕޫލު އާއި ބެންފީކާ ބައްދަލު ކުރި މެޗުން 3-1 ލަނޑުން ކާމިޔާބު ކުރީ ލިވަޕޫލް އެވެ. ބެންފީކާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ލިވަޕޫލުގެ ކޮނާޓޭ 17 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. އަދި މޭނޭ ވަނީ 34 ހަތަރު ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށް ފައެވެ. ފަހު ހާފުގައި ކުޅެން ނިކުމެ ބެނފީކާއިން ވަނީ 49 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮށް ފަރަގު ކުޑަ ކޮށްފައެވެ. މިގޯލު ކާމިޔާބު ކުރީ ނުނެޒް އެވެ. ނަމަވެސް ފަހު ހާފުގެ ފަހުބައިގައި 87 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ޖެހި ގޯލުން ލީޑު ފުޅާކޮށް މެޗު ކާމިޔާބު ކުރިއެވެ.

ދެވަނަ މެޗުގައި ސީޓީ ދަނޑުގައި ސިޓީ އާއި އެޓްލެޓިކޯ މެޑްރިޑް ބައްދަލު ކުރި މެޗު ފުރަތަމަ ހާފު ނިމިފައި ވަނީ ގޯލެއް ނުޖެހި ނިމިފައެވެ. އެއް ވެސް ޓީމަކަށް ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތެއް ނުހޯދުނު އިރު އެޓްލެޓިކޯ ކުޅުނު ޑިފެންސިވް ކުޅުން ފާހަގަ ކުރެވެވުނެވެ. ކައުންޓަރ އެޓޭކް އަށް ވިސްނައިގެން ކުޅެމުން ދިޔަ އެޓްލެޓިކޯ ގޯލަށް ފަހު ހާފުގައި 70 ވަނަ މިނެޓުގައި ގޯލު ވައްދާލީ ޑިބްރޭނާ އެވެ. މިއީ ފޯލްޑެން ތަނަވަސް ކޮށް ދިން ފުރުސަތެކެވެ. އަދި އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުނު އިރު ޑިބްރޭނާ އާއި ގްރިޒްމަން އަށް ލިބު ދެފުރުސަތެއް ބޭނުން ނުހިފި ދިޔަކަން ފާހަގަ ކުރެވުނެވެ. ދެވަނަ މެޗު އޮންނާނީ އެޓްލެޓިކޯ ދަނޑުގައެވެ.

ޗެމްޕިއަންސް ލީގު ކުއާޓަރ ފައިނަލުގައި ރިއާލް މެޑްރިޑާއި ޗެލްސީ ބްރިޖް ގައި ބައްދަލު ކުރާއިރު ވިލަރެއާލް ދަނޑުގައި ބަޔާން މިއުނިކާއި ބައްދަލު ކުރާނެއެވެ. ދެމެޗުވެސް ފަށާނީ ބުރާސްފަތި ދުވަހު މެންދަމު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *