އުފަލުގައި ހިތް ބާއްވަން ބޭނުން މީހުން ޢަމަލުކުރަންވީ އާޔަތް މިއޮތީ!

އަހުރެން މުޅި ދުނިޔެއަށް ގޮންޖަހާފައި ބުނަމެވެ. ހިތަށް ޙަޤީޤީ އުފާވެރިކަން ހޯދޭނީ ބޭހަކުން، ފަރުވާއަކުން، މިޔުޒިކަކުން، މަސްތުވާއެއްވެސް ބާވަތެއްގެ އެއްޗަކުން ނޫނެވެ. އެކަމުގެ ދަލީލަކީ ޑޮކްޓަރުން ހިތްދަތިވެގެން މަރުވާކަމެވެ. މަސްތުވާ ތަފާތު ބާވަތްތައް ބޭނުންކުރާ މީހުންވެސް ހިތްދަތިވެގެން މަރުވާކަމެވެ. އަދި މިޔުޒިކްކުޅެ ލަވަކިޔައި ނަށާ މީހުންވެސް ހަމަ ހިތްދަތިވެގެން މަރުވާކަމެވެ. އެކަންކަމުން އެއްވެސް މީހަކަށް ޙަޤީޤީ ހިތްހަމަޖެހުމެއް ލިބޭނެ ނަމަ އެންމެ ފުރަތަމަ، ނުވަތަ އެންމެ ބޮޑަށް ލިބެންޖެހޭނީ އެމީހުންނަށް ނޫންހެއްޔެވެ؟

ގިނަބައެއްގެ ހިތަށް އުނދަގޫވެ ތަދުވެ ގޮތްގޮތްވަނީ ބައްޔެއްގެ ސަބަބަކުން ނޫނެވެ. ހިތަށް ހަމަޖެހުން ނުލިބޭތީއެވެ. އެފަދަ މީހުން ޢަމަލުކުރަންވީ މިއާޔަތަށެވެ!

اَلَّذِيۡنَ اٰمَنُوۡا وَتَطۡمَٮِٕنُّ قُلُوۡبُهُمۡ بِذِكۡرِ اللّٰهِؕ اَلَا بِذِكۡرِ اللّٰهِ تَطۡمَٮِٕنُّ الۡقُلُوۡبُؕ

"އެއުރެންނީ، އީމާންވި އީމާންވި މީހުންނެވެ! އަދި ﷲ ހަނދުމަކުރުމުން އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" (އައްރަޢްދި :28)

މިއާޔަތަށް ޢަމަލުކުރުންކަމަށް މިބުނަނީ މިއާޔަތް ފުރިހައަށް ޤަބޫލުކުރުމަށެވެ. އަދި ޢާޔަތުގެ މާނަ ޤަބޫލުކޮށް މިއާޔަތުން ހިތްހަމަޖެހުން ލިބިގަތުމަށެވެ!

ހިތްތަކަށްވެސް ކާނާ ބޭނުންވެއެވެ. އޮކްސިޖަންވެސް ބޭނުންވެއެވެ. އެކަންކަން ލިބެން އޮތީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރިވަރަކުންނެވެ. ޛިކުރުކުރުން ގިނަކުރިވަރަކުންނެވެ.

–އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *