ބޭނުންވާ ތަކެތި
20 އެމްއެލް ސިނަމަން ސިރަޕް
10 އެމްއެލް ލުނބޯ ޖޫސް
10 އެމްއެލް ޝުގާރ ސިރަޕް
120 އެމްއެލް ފްރެޝް އޮރެންޖު ޖުސް
6 ކަރަންފޫ
ހަދާނެ ގޮތް:
ފުރަތަމަ ޝޭކަރަށް 3 ކަރަންފޫ ލުމަށްފަހު ކަރަންފޫތައް ރަނގަޅަށް ފިސް ކޮށްލާނީއެވެ. އެއަށްފަހު ސިނަމަން ސިރަޕް، ލުނބޯ ޖޫސް، ފްރެޝް އޮރެންޖު ޖޫސް، ޝުގާރ ސިރަޕް އެޅުމަށްފަހު ޝޭކަރު ފުރެންދެން އައިސްއަޅާ ހުރިހާ އެއްޗެއް ރަނގަޅަށް އެކުވަންދެން ބާރަށް ހަލުވާލާނީއެވެ. ދެން ތަށްޓަކަށް އަޅާ ފުރާނާށެވެ. ފުރޭނުމަށްފަހު ގާނިޝް ކުރުމަށްޓަކައި ސިނަމަން ސްޓިކް އަދި 3 ކަރަންފޫ ޖަހާނީއެވެ.
