ކައުންސިލް އިންތިޚާބު އަންނަ މާޗު މަހުގެ 28 ގައި

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު އަންނަ އަހަރުގެ މާޗު މަހު ބާއްވަން ނިންމައި، ޖަނަވަރީ މަހު އިންތިޚާބަށް ކުރިމަތިލާން ހުޅުވައިލާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް)ގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލު އިންތިޚާބު ތާވަލުކޮށްފައިވާ ތާރީޚުތަކުގައި ކުރިއަށްގެންދިއުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ވަރަށް ހަލުއިކޮށް ކުރިއަށްދާ ކަމަށެވެ.

އިންތިޚާބު ބޭއްވުމަށް ނިންމާފައިވާ ތާރީޚަކީ މާޗު 28، 2025 ވަނަ ދުވަސް ކަމަށާއި، އިންތިޚާބުގައި ވާދަކުރަން ކުރިމަތިލާން ހުޅުވައިލާނީ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ކަމަށް ޒާހިދު ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވި ގޮތުގައި ކައުންސިލު އިންތިޚާބަަށް 70 މިލިއަނާއި 80 މިލިއަނާ ދެމެދުގެ އަދަދަކަށް ފައިސާ ޚަރަދުވާނެއެވެ. އެ މިންވަރަށް ޚަރަދުވާނެ ކަމުގައި ބެލެވުނު ނަމަވެސް ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ކައުންސިލު އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައި އޮތްކަން ހާމަަކުރައްވަމުން ޒާހިދު ވިދާޅުވީ އަންނަ މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް 12 އަތޮޅެއްގައި އިންތިޚާބާ މެދު ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ކުރިއަށްގެންދާނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *