ތައިލެންޑާއި މެލޭޝިއާއިން އަގުހެޔޮކޮށް މާލެ ދަތުރުކުރެވޭ ފެއާއެއް މޯލްޑިވިއަނުން ހުޅުވާލައިފި

ތައިލެންޑުގެ ބެންކޮކާއި މެލޭޝިއާގެ ކުއަލަލަންޕޫރުން އަގުހެޔޮކޮށް މާލެއަށް ދަތުރުކުރެވޭ ފެއާއެއް ގައުމީ އެއާލައިން މޯލްޑިވިއަނުން ހުޅުވާލައިފިއެވެ.

މޯލްޑިވިއަނުން ފެއާތައް ހުޅުވާލީ ޑިސެމްބަރު މަހު ދަތުރުކުރާ ގޮތަށެވެ. އެގޮތުން ބެންކޮކުން މާލެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 23 އަދި ޑިސެމްބަރު 30 ވަނަ ދުވަހެވެ. އެ ދަތުރުގެ އެއްކޮޅު ޓިކެޓް ފެއާ ރޭޓުގައި ފެށޭ އަދަކީ 150 ޑޮލަރެވެ.

ކުއަލަލަންޕޫރުން މާލެއަށް ދަތުރުކުރާނީ ޑިސެމްބަރު 21 އަދި ޑިސެމްބަރު 28 ވަނަ ދުވަހެވެ. އެ ދަތުރުގެ ފެއާގެ އެއްކޮޅު އަގު ފެށެނީ 112 ޑޮލަރުންނެވެ.

ކޮންމެ ދަތުރެއްގައި ވެސް 25 ކިލޯގެ ލަޖެގް އުފުލޭނެކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

މޯލްޑިވިއަނުން ބުނީ އެ ދަތުރުތަކުގެ ޓިކެޓް މިހާރު ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން ބޭނުންވާ ފަރާތްތަކުން ކުރީބައިގައި ޓިކެޓް ނެގުމަށް މޯލްޑިވިއަނުން އެދެއެވެ.

ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ސްކޫލް ކުދިންނާއި އާއިލާތަކަށް ބޮޑުޗުއްޓީއެއް ލިބޭނެއެވެ. އެ ދުވަސްވަރު ބެންކޮކާއި ކުއަލަލަންޕޫރުގެ ދަތުރުތަކަށް އަބަދުވެސް ބާރު ބޮޑުވެއެވެ.

މޯލްޑިވިއަންގެ ޓިކެޓްގެ އަގު ހެޔޮ ކުރުމުން އެއީ ހަމައެކަނި ވިޔަފާރިއަށް ފައިދާވާ ކަމެއް ނޫން ކަމަށާއި އެއީ މުޅި ގައުމަށް، ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *