އިމިގްރޭޝަނަށް 70 މުވައްޒިފުން ނަގަނީ

މޯލްޑިވްސް އިމިގްރޭޝަނަށް 70 މުވައްޒިފުން ނެގުމަށް ވޯކިން އިންޓަވިއުއެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މީގެ ކުރީންވެސް އިމިގްރޭޝަނުން ބޭއްވި ވޯކިން އިންޓަވިއުއަށް ބޮޑު ތަރުޙީބެއް ލިބުނެވެ. އިމިގްރޭޝަނުން ބުނީ އެ އިދާރާއަށް 70 މުވައްޒިފުން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވޯކިން އިންޓަވިއު އޮންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު ޞަލާހުއްދީން ސުކޫލުގަ އެވެ.

އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރުގެ މަޤާމަށް 70 މުވައްޒިފުން ނަގާއިރު އެ މީހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 6500 ރުފިޔާ އަދި ސަރވިސް އެލަވަންސްގެ ގޮތުގައި 1500 ރުފިޔާ ލިބޭނެ އެވެ. އަދި ސްޕެޝަލް ސަރވިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ލިބޭނެ އެވެ. މި ފައިސާ ލިބޭނީ ބޭސިކް ޓްރެެއިން ފުރިހަމަ ކުރުމުންނެވެ.

މަޤާމުގެ މައިގަނޑުގެ މަސްއޫލިއްޔަތަކީ އެއާޕޯޓްގެ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ކުރުމާއި ޕާސްޕޯޓާއި ޓްރެވަލް ޑޮކިއުމަންޓްރީ ޚިދުމަތް ދިނުމުގެ މަސައްކަތާއި ސީޕޯޓް ސެކްޝަންގެ މަސައްކަތް ކުރުމާއި ވިޒާ ސެކްޝަންގެ މަސައްކަތްތަކާއި އޮފީހަށް ދިމާވާ ޚާއްސަ ހާލަތާއި ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމެވެ.

މި ވަޒީފާއަށް ކުރިމަތިލާ މީހަކީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން ޑީ ގުރޭޑް ލިބިފައިވުމާއެކު ސެކަންޑަރީ ސުކޫލް ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިހާބުގައި ދިވެހި މާއްދާއިން ދަށްވެގެން ސީ ގުރޭޑް ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ. ނޫނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓިފެކްޓް ތިނެއް ހާސިލުކޮށްފައިވާ މީހަކަށްވާން ޖެހެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *