އެންއައިސީގެ ރައީސަކަށް ޝުއައިބު އައްޔަނުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް އެކޮމިޝަނުގެ މެންބަރު، ދަފްތަރު. ނަންބަރު ރސ 1188 އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މިއަދު ޢައްޔަންކުރައްވައިފިއެވެ. މިއީ، އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މި ކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަންކުރެއްވި ދެވަނަ ދައުރެވެ. އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަހްމާނު، މިކޮމިޝަނުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން މިކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާގެ ދައުރުހަމަވުމާގުޅިގެންނެވެ.

ޤާނޫނު ނަންބަރު 27/2015، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރެއްވީ، އެ ޤާނުނުގެ 12ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، އެމަނިކުފާނަށް ލިބިދޭ ބާރުގެދަށުންނެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ފަސް މެންބަރުން: 

  • އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާން،
  • އަލްއުސްތާޛު ޝިފާޒު ޢަލީ،
  • ޢަލީ މުޙައްމަދުމަނިކު،
  • ފާޠިމަތު ޝަރީފް
  • މަރިޔަމް އިންޝާ ފައިސަލް
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *