ތުންފަތް ބޮޑުކުރުން

ތުންފަތް ބޮޑުކުރުން ނުވަތަ ޕްލާސްޓިކް ސާޖަރީ ހަދައިގެން ތުންފަތް ބޭނުން ބަށްޓަމަކަށް ރީތިކުރުމަކީ މިހާރަކަށްއައިސް ވަރަށް ގިނަ ފަންނާނުންނާއި ގިނަ އަންހެނުންގެ މެދުގައި މަޝްހޫރު އަދި މަގުބޫލު ކަމެކެވެ. ބޮލީވުޑާއި ހޮލީވުޑްގެ ގިނަ އަންހެނުންގެ އިތުރުރުން މޮޑެލްކުރާ އަންހެނުންވެސް މިފަދަ ސާޖަރީތަކަށް ބޮޑު ހޭދައެއް ކުރެއެވެ. މިފަދަ ސާޖަރީތަކުގައި އިންޖެކްޝަނަކުން ހައިލުރޮނިކް އެސިޑް ތުންފަތަށް ފޮނުވާލުމަށްފަހު ތުންފަތުގެ ބައްޓަން ބަދަލުކުރެއެވެ. ހައިލުރޮނިކް އެސިޑަކީ އިންސާނުންގެ ހުޅުތަކާއި ލޮލުގައި އުފެދިފައި ހުންނަފަދަ މާއްދާއެކެވެ. މީގެ ސިންތެޓިކް ނުވަތަ އިންސާނުން އުފައްދާފައިވާ އެސިޑްވެސް ހުރެއެވެ. އަދި މިއީ އެމެރިކާގެ ފުޑް އެނޑް ޑްރަގް އޮތޯރިޓީއިން ހުއްދަ ލިބިފައިވާ މާއްދާއެކެވެ.

ތުންފަތް ރީތި ކުރުމުގައި ގެންގުޅޭ ތަފާތު ވައްތަރުތައް:

ލިޕް ފިލަރ

ތުންފަތް ރީތި ކުރުމަށްޓަކައި މަތީ ތުންފަތާއި ތިރީތުންފަތަށްވެސް މި ބާވަތުގެ ފަރުވާ ދެވެއެވެ. މިއީ ވަގުތީގޮތުން ތުންފަތް ބޮޑުކުރުމަށް ކުރާ ސާޖަރީއެކެވެ. ފަނަރަވަރަކަށް މިނިޓްތެރޭގައި ނިމޭ މި ސާޖަރީއަކީ ފަސްދޮޅަސް ޑޮލަރަށް ހެދިދާނެ ސާޖަރީއެކެވެ.

ލިޕް އިމްޕްލާންޓް.

މިއީ ދާއިމީ ގޮތަކަށް ތުންފަތް ބޮޑުކުރުމަށްޓަކައި ކުރެވޭ ސާޖަރީއެކެވެ. މި ސާޖަރީގައި ތުންފަތް ހަތަރު ތަނަކުން ފަޅާލުމަށްފަހު ފެޓްސްގެ ފަށަލައެއް ތުންފަތަށް ފޮނުވާލައެވެ. މިއީ ތިރީސްމިނިޓްގެ ސާޖަރީއެކެވެ. އާއްމުގޮތެއްގައި މިކަމަށް 2000 ޑޮލަރު ޚަރަދުވެއެވެ.

ކައިލީ ޖެނަރ، ޕްލާސްޓިކް ސާޖަރީ ހަދާފައިވާ މޮޑެލްއެއް

ފެޓްސް ގްރާފްޓިން

މިއީ ދާއިމީގޮތަކަށް  ތުންފަތް ބޮޑުކޮށްފައި ބެހެއްޓުމަށް ކުރެވޭ އޮޕަރޭޝަންއެކެވެ. ހޭނައްތައިގެން ކުރެވޭ މި އޮޕަރޭޝަންގައި ފެޓްސް ހިމެނޭ އިންޖެކްޝަންއެއް ބޭނުންކުރެއެވެ. ބަނޑުގެ ނުވަތަ އެމީހާގެ ހަށިގަނޑުގެ އެހެން ދިމާއަކުންވިޔަސް ފެޓްސް ނަގައިގެން ތުންފަތަށް އެ ފެޓްސްތައް ފޮނުވާލައެވެ. އާއްމުގޮތެއްގައި ތުންފަތް ބޮޑުވެފައި ރީތިކޮށް ބެހެއްޓުމަށްޓަކައި މަޝްހޫރު ފަންނާނުން ބުރަވަނީ މިވައްތަރުގެ ސާޖަރީ ތަކަށެވެ. މިއީ 3000 އާއި 6000 ޑޮލަރުން ކުރެވޭ އެއްދުވަހުގެ ސާޖަރީއެކެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *