ހއ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި

ހއ. ދިއްދޫގައި އިމާރާތްކުރާ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ މިއަދު ހަވީރު އަޅައިފި އެވެ.

ހއ. އަތޮޅުގެ ރައްޔިތުންނަށް ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ހއ. ދިއްދޫގައި ސަރުކާރުން ޢިމާރާތްކުރާ އަތޮޅު ހޮސްޕިޓަލްގެ ފަސްބުރީގެ އާ ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފު މުޙައްމަދާއި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީ.ސީ.ޕީ ރިޓަޔަރޑް އަޙުމަދު ސައުދީ އާއި، ހއ. ދިއްދޫ ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދު އަދި ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް މޫސާ ނަޞީރު ބައިވެރިވެވަޑައިގަތެވެ.

ފަންސާސް އެނދުގެ މި ހޮސްޕިޓަލް ނިމޭއިރު، އައިސޮލޭޝަން ފެސިލިޓީ އާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގައި އެކްސްރޭ އާއި، ސީޓީ އާއި އެމް.އާރު.އައި އާއި، މެމޮގްރަފީ، އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ މި ޕްރޮޖެކްޓްގެ ތެރޭގައި ވޭސްޓް މެނެޖްމަންޓް ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓް ގާއިމްކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޢިމާރާތްކުރެވޭ މި ހޮސްޕިޓަލްވެގެންދާނީ ޒަމާނީ ފެންވަރަށް ގާއިމްކުރެވޭ ޖާގަ ތަނަވަސް ހޮސްޕިޓަލަކަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *