އޭދަފުށީ މުހައްމަދު އަލީ ނިޔާވުމުގެ ހިތާމައިގާ ރައީސް މުއިއްޒުގެ ތައުޒިޔާ

ބ. އޭދަފުށްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އޭދަފުށީ ޑޭޒީވިލާ، މުހައްމަދު އަލީ އަވަހާރަވުމުގަ ހިތާމައިގެ ބައިވެރިވެވަޑައިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބ. އޭދަފުއްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެ ރަށު ޑޭޒީވިލާ، މުހައްމަދު އަލީ އަކީ ޤަދަރުވެރި ބޭފުޅެއް ކަމަށާއި މުހައްމަދު އަލީ އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ.

ރައީސްގެ ޕޯސްޓްގައި ވިދާޅުވީ މަރްހޫމް މުހައްމަދު އަލީ އަކީ އޭދަފުށީގެ ތަރައްގީއަށް، އެ ރަށުގައި ވިޔަފާރިއާއި ދަތުރުފަތުރާއި މަސްވެރިކަން ކުރިއެރުވުމަށާއި، އިޖްތިމާޢީ ކަންކަމަށް މުހައްމަދު އަލީ ކުރެއްވި ހިދުމަތްތައް ރައީސް ފާހަގަކުރެއްވިއެވެ. ވަކީން ޚާއްޞަކޮށް މިސްކިތް ބިނާކުރެއްވުމާއި އިސްލާމް ދީނަށް ޚިދުމަތް ކުރެއްވުމަށް މުހައްމަދު އަލީ ވަނީ މުޅި ރާއްޖެއަށް ނަމޫނާ މަސައްކަތްތަކެއް ކޮށްދެއްވާފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މަރްހޫމް މުހައްމަދު އަލީގެ ފުރާނަފުޅަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލެހެއްޓެވުން އެދި ދުއާ ދަންނަވާފައެވެ.

މުހައްމަދު އަލީ ނިޔާވެފައިވަނީ އިންޑިޔާގެ ޗެންނާއީގައި ސިއްހީ ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރަކީ 91 އަހަރެވެ.

މުހައްމަދު އަލީ އަކީ އޭދަފުށީގައި ވަރަށް ފުޅާކޮށް ކުރިން ވިޔަފާރި ކުރެއްވި އަދި މިރަށުގެ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ އޭދަފުށީގެ ތަރައްގީގައި މުހިންމު ބައިވެރިއެކެވެ. އަމިއްލަ މަސްދޯނިފަހަރާއި މުދާ އުފުލާ ދޯނިފަހަރު ގެންގުޅުއްވި އެވެ. ބ. އަތޮޅުގައި ފަޅުރަށްރަށް ބެލެހެއްޓެވި އެވެ. ގޭގައި ފިހާރައެއް ހިންގަވައި އަދި ބަކަރި ގެންގުޅުއްވި އެވެ. މިހާރު މުހައްމަދު އަލީ ގެންގުޅުއްވާ ފެރީތައް ވަނީ ކޮންޓްރެކްޓް އުސޫލުން އެމްޓީސީސީ އަށް ދޫކޮށްފަ އެވެ.

މުހައްމަދު އަލީ އެންމެ ބޮޑަށް ބޭނުންވި ކަމަކީ އޭނާ މި ދުނިޔެ އިން ވަކިވުމުގެ ކުރިން އަމިއްލަ ރަށުގައި މިސްކިތެއް ބިނާކޮށްދެއްވުމެވެ. މީގެ ހަތަރު އަހަރު ކުރިން އެ މިސްކިތުގެ އަމަލީ މަސައްކަތްތައް މުހައްމަދު އަލީގެ ބޭފުޅުންގެ އެހީތެރިކަމާ އެކު ނިންމައި ހުޅުވީ މީގެ 8 މަސް ކުރިން މި އަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހު އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *