މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ. މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކުރުމަށް މި ބަދަލު ގެނައީ މިފްކޯއިން މަސްވެރިންނަށް ދެމުން އަންނަ ހިދުމަތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުންނެވެ. މިއީ މިފްކޯއާއި ފިއުލްސަޕްލައި މޯލްޑިވްސްއާ ދެމެދު ގާއިމްކުރި އެއްބަސްވުމެއްގެ ދަށުން ގެނެވުނު ބަދަލެކެވެ.

އެގޮތުން މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި އެވްރެޖްކޮށް 51 ލާރި އަގު ހެޔޮވާނެއެވެ. އަދި ތިން ޓަނަށްވުރެ މަތިން މަސްކިރާ ފަރާތްތަކަށް އެވްރެޖްކޮށް 71 ލާރި އަގު ހެޔޮވާނެއެވެ.

މި ބަދަލާއިއެކު މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތްތަކަށް ތެޔޮ ވިއްކަމުންދާނީ ލީޓަރަކަށް 13.90ރ. އެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާ ނަމަ ލީޓަރެއް ވިއްކާނީ 13.72ރ. އަށެވެ.

މީގެ އިތުރުން އާންމު ފަރާތްތަކަށް ތެޔޮ ވިއްކާ އަގުވެސް މިފްކޯއިން ވަނީ ހެޔޮކޮށްފައެވެ. އެގޮތުން އާންމު ފަރާތްތަކަށް މިފްކޯއިން ތެޔޮ ވިއްކަމުންދާނީ ލިޓަރެއް 14.43ރ. އަށެވެ.

ރ. ދުވާފަރުުގައި ބޭއްވި މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ޑިސެމްބަރު 14 ވަނަ ދުވަހުން ފެށިގެން ހެޔޮކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާންކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެކުނު މަސްވެރިން އެވްރެޖުކޮށް ދުވާލަކު 2000 ރުފިޔާ ތެލަށް ޚަރަދުކުރާ ކަމަށެވެ. އަލަށް ގެނައި ބަދަލާއެކު ތެލަށް ކުރާ ޚަރަދުން 1000 ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *