ޕީއެންސީގެ ޕްރައިމަރީގެ ވޯޓްލުން ކުރިއަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންްހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާ މީހުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފެށިއްޖެއެވެ.

ޕީއެންސީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން 97 އިންސައްތަ ގޮނޑިއަށާއި މަގާމަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުންވަނީ ލިބިފައެވެ.

ޕްރައިމަރީ ބާއްވަނީ އެއް ގޮނޑިއަކަށް އިންތިހާބުކުރާ މީހުންގެ އަދަދަށްވުރެ އިތުރަށް މީހުން ކުރިމަތިލާފަައިވާނަމައެވެ. އެގޮތުން މުހިއްމު ގިނަ ދާއިރާތަކެއްގައި ޕްރައިމަރީ ބާއްވައެވެ. އޭގެ ތެރޭގައި ބައެއް ސިޓީ ކައުންސިލުތަކުގެ ގޮނޑިތަކާއި އާބާދީ ބޮޑެތި ރަށްރަށުގެ ގޮނޑިތައްވެސް ހިމެނެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކެނޑިޑޭޓުން ނިކުންނާނެ ކަމަށް އެ ޕާޓީންވަނީ ބުނެފައެވެ. އަދި އެ ޕާޓީގެ އަމާޒަކީ ވެރިކަމުގައި އޮވެ، ލޯކަލް ކައުންސިލު އިންތިހާބުގެ އަޣުލަބިއްޔަތު ކާމިޔާބުކުރާ ފުރަތަމަ ޕާޓީއަށްވުން ކަމަށްވެސް އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *