ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅުގައި ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުން ފުރާވަޑައިގަތީ މިއަދުއެވެ.

ނުރަސްމީ ދަތުރުފުޅުތަކަކީ އާންމުކޮށް ބޭސްފަރުވާއަށް ނުވަތަ އަމިއްލަ ކަންކަމަށް ރައީސުން ކުރައްވާ ދަތުރުފުޅުތަކެކެވެ. މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލުތައް ރައީސް އޮފީހުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. މީގެ ކުރިން ވެސް ރައީސްގެ ދެމަފިރިކަނބަލުން ވަނީ ނުރަސްމީ ދަތުރުފުޅުގައި ސިންގަޕޫރަށް ދަތުރުފުޅުކުރައްވާފައެވެ. އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި ސިންގަޕޫރުގައި ތިބޭ ދިވެހި އާއިލާތަކާ ރައީސްގެ ދެމަފިރިކަނބަލުން ވަނީ ބައްދަލުކުރައްވާފައެވެ.

ކުރީގެ ރައީސުންނާ ޚިލާފަށް ރައީސްގެ ނުރަސްމީ ދަތުރުފުޅުތަކާ ގުޅުންހުރި އިދާރީ ކަންކަމާއި އާއިލާގެ ކަންކަން ހިމެނޭ ގޮތަށް ދަތުރުފުޅާ ގުޅުންހުރި ހުރިހާ ޚަރަދެއް ހަމަޖައްސަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމިއްލަފުޅަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *