ސާފު ހަކަތަަ އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް ފިޔަވަޅުތަކެއް އެޅިއްޖެ: ރައީސް

ރާއްޖޭގެ ހަކަަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި ސާފު ހަކަތަަ އުފައްދާ މިންވަރު އިތުރުކުރުމަށް ކާމިޔާބު މަސައްކަތްތަކެއް މި ސަރުކާރަށް ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ސާފު ހަކަތައިގެ ދުވަހާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަދު އިންސާނުންގެ ދިރިއުޅުމުގައި އަދި އިހުނަށްވުރެ ދުޅަހެޔޮ ދެމެހެއްޓެނެވި ދުނިޔެއެއް ކަށަވަރުކުރުމުގައި ސާފު ހަކަތައިގެ ދަައުރާއި އަހަންމިއްޔަތު ހަނދުމަކޮށްދޭ ކަމަށެވެ.

ހަކަތަައިގެ ސަލާމަތަކީ ރާއްޖޭގެ ތަރައްގީއަށް ކޮންމެހެން ބޭނުންތެރި އަސާސީ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސާފު ހަކަތައަކީ ހަމައެކަނި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ލިބޭ ބާރެއް ނޫން ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮޔުގައި ސާފު ހަކަތަައިން ތައުލީމާއި ސިއްހަތއި އިގުތިސާދީ ފުރުސަތުތައް ވަރުގަދަކޮށްދީ އިތުރަށް ފަހިކޮށްދެއެވެ.

އަދި އެ ވިސްނުމުގެ ތެރެއިން މިއަދުގެ ދިވެހި ސަރުކާރުން ހަކަތަ ބޭނުންކުރެވޭ ގޮތުގެ އެފިޝިއެންސީ ރަނގަޅުކޮށް، ރާއްޖޭގެ ވެށީގެ ހާއްސަ ސިފަތަކަށް ރިއާޔަތްކުރެވިގެން، ރާއްޖޭގެ އިއާދަކުރަނަވި ހަކަތަ އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް ގިނަ ހަރުދަނާ ބިނާކުރަނަވި ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިފިޔަވަޅުތަކުގެ އަމާޒަކީ އެމަނިކުފާނު ކުރިންވެސް އިއުލާނުކުރެއްވި ފަދައިން 2028 ވަނަ އަހަރުގެ ކުރިން، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނަވި ހަކަތައިން އުފެއްދުމަށް ވާސިލުވުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުވަނީ މިއަދު ބޭނުންކުރާ ހަކަތަައިގެ ވަސީލަތްތަކުން ސާފު ހަކަތައަށް ބަދަލުވުމުގެ މަރުހަލާ ހަލުއިކުރުމުގައި އެންމެންވެސް އެބަޔަކަށް ކުރެވެން ހުރި މަސައްކަަތްތަައް ކުރަމުންގެންދިއުމަށް އެދިވަޑައިގެންފައެވެ.

2023 ވަނަ އަހަރު އދ.ގެ އާއްމު މަޖިލީހުން ނިންމައިގެން ކޮންމެ އަހަރެއްގެ ޖަނަވަރީ 26 ވަނަ ދުވަސް ސާފު ހަކަތައިގެ ބައިނަލްއަގުވާމީ ދުވަހުގެ ގޮތުގައި އިހުތިފާލުކޮށް ފާހަގަކުރަމުން އަންނަނީ، ތެލަށް ބަރޯސާވާ ނުސާފު ހަކަތައިން އަދުލުވެރި ޝާމިލު ގޮތެއްގައި ސާފު ހަކަތައަށް ބަދަަލުވުމުގެ މަރުހަލާ ކުރިއަށްގެންދިއުމަށް ބާރުއެޅުމުގެ ދުވަހެއްގެ ގޮތުގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *