އޯލެވެލްގެ އެސްއެސްސީ އިމްތިހާނަށް ޤުރުއާން މާއްދާ ކިޔަވައިދޭން ފަށައި، އަންނަ އަހަރުން ފެށިގެން އެ މާއްދާއިން އިމްތިހާނު ބާއްވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު، ދިރާސީ އައު އަހަރާ ގުޅިގެން މިނިސްޓަރު ޝަފީއު ދެއްވި ޚިތޯބުގައި ވިދާޅުވީ، ކީރިތި ޤުރުއާނުގެ އިލްމަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި ޖައްސުވައި، ޝައުގުވެރިކުރުވަން އޯލެވެލްގެ އެސްއެސްސީ އިމްތިހާނުގައި ޤުރުއާން މާއްދާ ހިމަނަން ނިންމީ ކަމަށެވެ. އަދި އެއީ ވަކި މާއްދާއެއްގެ ގޮތުގައި ކަނޑައަޅައި މިއަހަރު ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޤުރުއާން މާއްދާ އެސްއެސްސީގައި ރަސްމީކޮށް ހިމަނައި، އަންނަ އަހަރު އެ މާއްދާއިން ސާނަވީ އިމްތިހާނު ބާއްވަން ނިންމާފައިވާ ކަމަށެވެ.
