އީސީގެ މެންބަރަކަށް ރިއްފަތް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް މ. މާވަށު، ކިނާރާ، ރިފްއަތު އަބްދުﷲ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރިއްފަތު އީސީގެ މެންބަރަކަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިމަހު 10 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައިފައެވެ.

މިމައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމީޓީން ރިފްއަތު އާ ކުރި އިންޓަވިއުގައި 84 އިންސައްތައަށްވުރެ ގިނަ މާކްސް އޭނާއަށް ވަނީ ހޯއްދަވާފައެވެ. އަދި ޝަކުވާ ހުޅަހެޅުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް ކޮމިޓީގެ ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮމިޓީ ރިޕޯޓު މިއަދު މަޖިލީހުގައި ހުށަހަޅައިފާއިރު، ނެގުނު ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ވޯޓާއެކީ އީސީއަށް ރިއްފަތު އައްޔަން ކުރުމަށް ވަނީ ފާސްވެފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރުކަންވެސް ކުރިން ކުރައްވާފައިވާ ރިފްއަތު މިވަގުތު ހުންނެވީ، ހައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަގާމުގައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އީސީގެ މެންބަރު ކަމަށް ރިފްއަތު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފައިވާއިރު، އެ ކޮމިޝަނުގެ މެންބަރެއް ކަމަށްވާ ޑރ. މުހައްމަދު ޒާހިރުގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ޖެނުއަރީ މަހު ވަނީ ހުޅުވާލާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *