ހުޅުމާލެ 3 އިން ބިން ހަވާލު ކުުރުމުގެ މަސައްކަތް މިއަދު ފަށަނީ

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދު ސާރވޭ ކުރުމާއި ގޯތިތަކުގެ އިންފާރު ވަކިކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ގުޅިގެން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ހިއްކުމުގެ މަޝްރޫއަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ނިންމާލާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ބިން ހަވާލުކުރުމުގެ ތައްޔާރީތައް ފަށާފައިވާއިރު، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކުން ތިބީ ބިންތަކާ ހަވާލުވެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެޗްޑީސީން ބުނީ ސާރވޭގެ މަސައްކަތްތައް ނިމުމާއެކު ބިން ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *