މާމެންދޫ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައިފި

ގއ. މާމެންދޫގައި އަލަށް ޢިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ މާމެންދޫ ގޮފީގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައިދެއްވީ އަލްއުސްތާޛް މުޙްތާޒް މުޙްސިންއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެވަދައިގެންނެވި އެވެ. މީގެ އިތުރުން މާމެންދޫ ކައުންސިލްގެ އިސްވެރިންނާއި ރަށުގެ ރައްޔިތުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މާމެންދޫގައި ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނިމޭއިރު، ސޯލާ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތް އޭސީ ކުރެވިގެންދާނެއެވެ. އަދި މިސްކިތުގައި އިތުރު ވަސީލްތަކުގެ ގޮތުގައި ކުލާސްރޫމާއި ލައިބްރަރީ ހިމެނިގެންދާނެއެވެ. މި ކުލާސްރޫމްތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ކުލާސްތައް ކުރިއަށް ގެންދިއުމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *