އަނބިމީހާއަށް ވަފާތެރިވާށެވެ.

ދަރިފުޅާއެވެ! އަހަރެން މިދޭ ހިކުމަތްތެރި ނަސޭހަތާއި ލަފާތައް ދަރިފުޅު ކަނުލައި އަޑު އަހައިފިނަމަ  ތިޔަ ދަރިފުޅަށް ހެޔޮނުބައި ވިސްނޭނެއެވެ. އޭރުން ބުނަންވީ ހެޔޮބަސްތަކާއި ނުބުނަންވީ ބަސްތައް އެނގޭނެއެވެ.
ހިލޭ ފިރިހެނުން ގެންގުޅޭ އަންހެންމީހާގެ ތުންފަތަކީ މާމުއިފަދަ ފޮނި، ޒައިތޫނި ތެޔޮފަދަ އޮމާން އެއްޗެކެވެ. އެކަމަކު އެންމެފަހުން އެއިން ލިބޭނީ ހިތި ޒަހަރެކެވެ. އޭނާގެ ފައިތިލަ ވަނީ މަރާ ދިމާއަށެވެ. އޭނާ ފިޔަވަޅު އަޅާނީ ކަށްވަޅާ ދިމާއަށެވެ. އެހެނީ ދިރިހުރުމުގެ މަގުން އޭނާ ވަނީ އެއްކިބާ ވެފައެވެ. އޭނާއަކަށް އެމަގެއް ނޭނގެއެވެ.

މަގޭ ކޮއިފުޅާއެވެ. އަހަރެން މި ބުނާއެއްޗެއް ކަނުލައި އަހާށެވެ. އެ އަންހެންމީހާއާއި އަބަދުގެ އަބަދަށް ދުރުހެލި ވާށެވެ. އައި އަމުދުން އޭނާގެ ގޭ ދޮރުމައްޗަށް ވެސް ނާރާށެވެ. ދަރިފުޅު އެތަނަށް ގޮސް އުޅޭނަމަ މީހާގެ އަގުވެއްޓި ހަޔާތުގެ ހުރިހާ ހެޔޮކަމެއް ހިނގައިދާނެއެވެ. ރަޙުމެއްނެތް ކޮންމެވެސް ބައެއްގެ އަތްދަށުވެ ދަރިފުޅުގެ ޙަޔާތް ބަރުބާދު ވެދާނެއެވެ. ދަރިފުޅުގެ އަތުގައި ހުރިއްޔާ ހުރި ފައިސާއަކާއި މުދަލެއް ހިލޭ ބައެއްގެ އަތްދަށުވެ ނެތި ހިނގައިދާނެއެވެ. އެންމެފަހުން މީހާ ހިކި އަނަރޫފަވެ ބަލި ތަންމަތީގައި އުމުރު ދުވަހު ރޮއިރޮއި އޮންނަން ޖެހިދާނެއެވެ. އޭރުން ދަރިފުޅު ބުނާނެއެވެ. ”ތަރުބިއްޔަތަށް ނަފްރަތު ނުކުރެވުނު ނަމައެވެ. ދެވުނު އިސްލާހު ބަލައިގަނެވުނު ނަމައެވެ. އަހަރެންގެ އެދުރުންގެ ބަސް އަޑުއެހުނު ނަމައެވެ. މިހާރު އަހަރެން މިވަނީ މީސްތަކުންގެ ކުރިމަތީ އަގުވެއްޓި އިނދަޖެހި ނިކަމެތިވެފައެވެ.“

ދަރިފުޅުގެ ޅައުމުރުގައި އިން އަނބިމީހާގެ ގާތުން އުފަލާއި އަރާމު ހާސިލު ކުރާށެވެ. އޭނާއަކީ ފުއްލާއެއް ފަދަ ބަނިޔާދަން ކުއްޖެކެވެ. އޭނާގެ ކިބައިން އޭރު ލިބުނު ފުން ލޯބި ލިބިގަނެ އޭނާގެ ގާތުން އުފާ ލިބިގަންނާށެވެ. ފިރިމީހާއަށް ބޭވަފާތެރިވި އަނތްބަކާ ހެދި މޮޔަވެ ނުގަންނާށެވެ.

އެހެނީ މާތްރަސްކަލާނގެ އަހަރެމެން ކުރާ ހުރިހާ ކަންތަކަށް ބައްލަވާ ވޮޑިގަންނަވައެވެ. ފާހިޝް ނުބައި މީހުންގެ ފާފަތަކަކީ ދަންތުރައެކެވެ. އޭގައި ބެދޭނީ ވެސް ހަމަ އެމީހުންނެވެ. އެމީހުން މަރުވެ އެދަނީ އެމީހުންގެ މޮޔަކަމާއި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވުނު ކަމުގެ ސަބަބުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *