ރާއްޖޭގެ ފަސް ސިޓީގައި މިހާރު ތިއްބެވި، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މޭޔަރުން އިތުރު ދައުރަކަށް އިންތިޚާބުވެފައިވާ ކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މިއަދު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މޭޔަރުކަމުގެ ވޯޓުގައި މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން، މާލެ، ހދ. ކުޅުދުއްފުށީ، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ވަނީ ދެ ވަނަ ދައުރަކަށް ލިބިފަ އެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ފަސް ސިޓީގެ މޭޔަރުގެ ގޮނޑި ވަނީ އެމްޑީޕީ އަށް ވަނީ ކަށަވަރުވެފަ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީތަކުގެ އިންތިޚާބު މިއަދު 8:00ގައި ވަނީ ފަށައިފައެވެ. އެ އިންތިޚާބުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއިރު، ކިޔުތައް ދިގުވުމުން ވޯޓުލުމުގެ ވަގުތަށް އެއް ގަޑިއިރު އިތުރުކުރިއެވެ. އެގޮތުން ކިޔޫތައް ބަންދުކުރީ 17:00ގައި ކަމަށްވާއިރު، ވޯޓު ގުނުން މިހާރު ވެސް ކުރިއަށްގެންދެއެވެ.
ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީއާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށީ ސިޓީއާއި ތިނަދޫ ސިޓީން 14 ކެންޑިޑޭޓުން މޭޔަރު ކަމަށް ވާދަކުރެއްވިއެވެ.
