މުންދު އާއި ސަލްމާ މަގާމުން ވަކިކޮށްފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މިއަދު މަގާމުން ވަކިކޮށްފިއެވެ.

މުންދުއަކީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިިކަލުންނެވެ. ސަލްމާއަކީ އަސްމާގެ ކޮއްކޮއެވެ. މުންދު އާއި ސަލްމާގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސެއިން ޝަރީފް ވެސް ވަކިކޮށްފައިވެއެވެ.

އައިމިނަތަކީ އަސްމާގެ ދަރިކަނބަލެކެވެ.

ސަރުކާރުން މި ފިޔަވަޅު އަޅާފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް ދާދި ފަހުން މީސް މީޑިއާގައި ލީކްވެފައި ވަނިކޮށެވެ.

މުންދު އާއި ސަލްމާ އަދި އައިމިނަތަށް އެ މަގާމު ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ ވަރަށް ކުރީކޮޅެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *