އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު އެ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް އަަދި އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އެކަން އެމްއެމްޓީވީއަށް ޔަޤީންކޮށް ދެއްވާފަ އެވެ. ނަމަވެސް ޒާހިދު، އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ.

އެ ކޮމިޝަނުން ހަމައެކަނި ބުނީ މިއަދުން ފެށިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުން މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވި ކަމަށް ވަނީ އަންގަވާފައި ކަމަށެވެ.

"މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ހާމަކުރައްވާފައި ނުވޭ," ކޮމިޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޒާހިދު އައްޔަނުކުރެއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެވެ. އަދި ކޮމިޝަންގެ ނާއިބު ރައީސްކަން ވެސް ކުރެއްވި އެވެ. އޭގެ ފަހުން ފެބްރުއަރީ މަހުގެ ތެރޭގައި ކޮމިޝަންގެ ރައީސަކަށް އައްޔަނު ކުރެއްވި އެވެ.

މީގެ ކުރީންް ވެސް ޒާހިދު ވަނީ މިނިވަން މުއައްސަސާތަކުގައި މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން އެޗްއާރުސީއެމްގެ ނާއިބު ރައީސްގެ މަޤާމު އަދާކުރައްވާފައިވެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *