ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ ތަރުޖަމާނަކަށް އުސްތާޛު މުހައްމަދު ފިރުޒުލް އަބްދުالله ޚަލީލް ހަމަޖައްސަވައިފި އެވެ.
އެކަން އެ ޕާޓީން ވަނީ ރަސްމީކޮށް އިއުލާނު ކޮށްފަ އެވެ. ކޮންގްރެސް ޕާޓީން ބުނީ އެ ޕާޓީގެ ތަރުޖަމާނަކަށް އުސްތާޛު މުޙައްމަދު ފިރުޒުލް ހަމަޖައްސަވާފައިވާ ކަމަށެވެ. ކޮންގްރެސް އިން ވަނީ މެންބަރުންގެ ނަމުގައި ފިރުޒުލްއަށް މަރުޙަބާ ދަންނަވާފަ އެވެ.
ފިރުޒުލް އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނަކަށް ވެސް ހުންނެވީ ފިރުޒުލް އެވެ.
ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންގްރެސްގެ ތަރުޖަމާންކަން ކުރެއްވީ ފިރުޒުލް އެވެ.
