ދިވެހި ހައްޖާޖީން މާދަމާ މިނާއަށް ދަތުރު ފަށަނީ

ރާއްޖޭގެ ހައްޖުވެރިން ހައްޖުވެރިން މާދަމާ މިނާ އަށް ދަތުރު ފަށާނެ ކަމަށް އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށާއި ހައްޖުވެރިން މާދަމާ މިނާ އަށް ދަތުރުފަށާނެ ކަމަށެވެ. އަދި މިނާއާއި އަރަފާތުގެ ކަންކަން ހައްޖު ކޯޕަރޭޝަނުން ފުރިހަމަ ގޮތެއްގައި އިންތިޒާމުކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.

މިއަހަރުވެސް ދިވެހި ހައްޖުވެރިން ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ރާއްޖެއިން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ އެންމެހާ ކަންކަމެއް ނިންމުމަށްފަހުގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *