މިއަދުން ފެށިގެން ވައިބާރުވެ، ހައްޖާއި އީދަށް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
ގައުމީ މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތު ދީފައިވަނީ ހައްޖާއި އީދު ބަންދުގައި ދެކުނަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އުތުރާއި މެދުރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދުން ފެށިގެން ވައި ބާރުވާނެ ކަމަށާއި އެގޮތުން 13 އާއި 23 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އުތުރާއި މެދު ރާއްޖެތެރެއަށް ކަނޑުތައްވެސް ގަދަވާނެކަަމަށް ވެސް ލަފާކުރެވޭ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދިނެވެ.
ހުރިހާ ފަރާތްތަކުން ވެސް ކަނޑުދަތުރު ކުރާއިރު މޫސުމަށް ސަމާލުވެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
