ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު މާދަމާ ހުޅުވާލަނީ

ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ނިމިފައިވާތީ މާދަމާ އެ ސަރަޙައްދު ހުޅުވާލަން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މާދަމާ ހެނދުނުން ފެށިގެން އެ ސަރަޙައްދު އާންމުނަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތުގެ މުއްދަތުގައި، އާންމުން ދެމުންދާ އެއްބާރުލުމަށް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ރަސްފަންނު ސަރަޙައްދު ވަރަށް ރަނގަޅަށް ތަރައްޤީ ކުރިނަމަވެސް މިދިޔަ އެމްޑީޕީގެ ސަރުކާރުން އެ ސަރަޙައްދު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައެއް ނުވެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *