ތޯރިގް ޔޫއޭއީ އަށް، އާދަމް ޝަރީފް ގަތަރު ސަފީރުކަމަށް އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ ރ. ފައިނު، ޗަމަން، އަލްފާޟިލް އާދަމް ޝަރީފު ޢުމަރެވެ. އަދި އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ ގ. ނޫމަރާހިޔާ، އަލްފާޟިލް ޠާރިޤު އިބްރާހީމްއެވެ.

ސަފީރުންނަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ތޯރިގާއި އާދަމް ޝަރީފު ސަފީރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ހޯމަދުވަހު އެވެ.

ތޯރިގާއި އާދަމް ޝަރީފް މިހާތަނަށް ތިއްބެވީ ފޮރިން މިނިސްޓްރީގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.

ޔޫއޭއީގެ ސަފީރުގެ މަގާމު އެންމެ ފަހުން ފުރުއްވީ ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) އެވެ. ނަމަވެސް މިދިޔަ އޭޕްރީލް ހަ ވަނަ ދުވަހު އޭނާ ސަފީރުކަމުން ވަކިކުރުމާ އެކު، ޔޫއޭއީގެ ސަފީރުގެ މަގާމު ހުސްވީ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *