އެމެރިކާ ސައިޒުކޮށް ބެލްޖިއަމް ކުއާޓާ އަށް

ފީފާ ވޯލްޑް ކަޕުގެ ގަދަ 16ގައި އެމެރިކާއާއި ބެލްޖިއަމް ބައްދަލުކުރި މެޗު، ތަފާތުބޮޑުކޮށް ބެލްޖިއަމުން ކާމިޔާބުކޮށްފިއެވެ.

ބެލްޖިއަމް މެޗު ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ.

މިރޭ މެޗުގެ ކުރިން އެންމެ ބޮޑު ފޯކަސްއެއް އަމާޒުވެފައި އޮތީ ގަދަ 32 ގެ މެޗުގައި އެމެރިކާގެ އިތުބާރު ފޯވަޑް ފޮލާރިން ބަލޮގަންއަށް ދެކި ރަތް ކާޑަށެވެ. އެމެޗުގައި ބަލޮގަންއަށް ރަތް ކާޑު ދެއްކި ނަމަވެސް، އެ އަދަބު ލުއިކޮށް މިރޭގެ މެޗުގައި އޭނާއަށް ކުޅެވޭނެ ގޮތަށް ފީފާއިން ވަނީ ހަދައިފައެވެ.

އެ އަދަބު ލުއިކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރި ފޯން ކޯލެއްގެ ސަބަބުން ކަމަށް މީޑިއާތަކުގައި އަޑު ފެތުރިފައިވާ އިރު، އެކަމަށް ޔޫއެފާއާއި ބެލްޖިއަމުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެމެރިކާއިން ވަނި އޭނާ ފުރަތަމަ 11 އަށްވެސް ކުޅެން ނެރެފައެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ބެލްޖިއަމްއެވެ. 9ވަނަ މިނެޓުގައި ކެޓެލިއަރޭ ކާމިޔާބުކުރި ލަނޑާއެކު ބެލްޖިއަމުން މެޗުގެ ކޮންޓްރޯލް ނެގި ނަމަވެސް 31ވަނަ މިނެޓުގައި އެމެރިކާއިން ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފައެވެ. ނަމަވެސް ލަސްތަކެއްނުވެ ބެލްޖިއަމްގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކުރީ ފުރަތަމަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

ފުރަތަމަ ހާފު 2-1އިން ނިމިގެންދިޔައިރު މެޗުގައި އެމެރިކާއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އެމެރިކާގެ ފެންވަރު ފެނިގެންދިޔަ އެ މެޗުގެ ދެވަނަ ހާފުގައި ބެލްޖިއަމުން ވަނީ އިތުރު ދެ ލަނޑު ޖަހައިފައެވެ. އެއީ 57ވަނަ މިނެޓުގައި ހާންސް ވަނާކެން ކާމިޔާބުކުރި ލަނޑާއި މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި ރޮމޭލޫ ލުކާކޫ ކާމިޔާބުކުރި ލަނޑެވެ.

މިއީ އެމެރިކާއިން ވޯލްޑް ކަޕުގައި ކުޅުނު 12ވަނަ ފަހަރެވެ. ބެލްޖިއަމް މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ސްޕެއިންއާއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *