އީޔޫ އާއި ބެލްޖިއަމްގެ ސަފީރަކަށް ދިޔާނާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

ޔޫރަޕިއަން ޔޫނިއަން އާއި ބެލްޖިއަމް ސަފީރުގެ މަގާމަށް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ދިޔާނާ އެ މަގާމަށް އައްޔަނުކުރުމާމެދު ގޮތެއް ނިންމުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މަޖިލީހަށް ސިޓީފުޅު ފޮނުއްވީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އަދި މި މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ދިރާސާކުރުމަށް އެދުވަހު ފޮނުވިއެވެ.

ކޮމިޓީ މަރުހަލާގައި ރައީސް ފޮނުއްވި ނަންފުޅު ދިރާސާކުރުމަށްފަހު ކޮމިޓީ މެންބަރުން ނިންމާފައިވަނީ ދިޔާނާއަކީ މަގާމަށް ގާބިލު ޝަރުތުހަމަވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާ އީޔޫ އަދި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިޔާނާ ސަފީރު ކަމަށް އައްޔަންކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުންނެވެ.

ސަފީރުގެ މަގާމަށް ދިޔާނާ އައްޔަންކުރެއްވުމުގެ ކުރިން، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ދިޔާނާ އައްޔަންކުރައްވާފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ.

ދިޔާނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެކުލަވަައިލެއްވި ފުރަތަމަ ކެބިނެޓުގައި އެޓާނީ ޖެނެރަލްގެ މަގާމު ފުރުއްވާފައެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަންވެސް އަދާކުރައްވަފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *