ހިތްވަރުދިނުމުގެ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށާއި ކުންފުންޏަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

ގައުމީ އިނާމުތައް ރައީސް ދެއްވީ، ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބުނު ފަރާތްތައް:

  • އިސްލާމް ދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނަށް ހިދުމަތް ކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ދީނީ ރޮގުން ހިދުމަތް ކުރުމާއި މީހުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮގުން ގއ. ދާންދޫ/ މުޝްތަރީގެ، އަލްއުސްތާޒާ ހައްވާ ލަތީފަށް
  • ދިވެހި ބަހާ އަދަބިއްޔާތުގެ ދާއިރާއިން ވާހަކަދެއްކުންތެރިކަމުގެ ފަންނުކުރިއެރުވުގެ ރޮނގުން ހދ. ވައިކަރަދޫ/ ދަނބުގެ، މުހައްމަދު ނަސީރަށް
  • ދިވެހި ތާރީހުގެ ދާއިރާއިން ދިވެހި ތާރީހު ދިރާސާ ކުރުމުގެ ރޮނގުން ހުޅުމާލެ ފްލެޓް ނަމްބަރު 125-ޖީ-03، ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދަށް
  • ސިއްހީ ދާއިރާއިން ދިވެހި ބޭސްވެރިކަން ކުރުމާއި އެ މަސައްކަތް ތަރައްގީ ކުރުމުގެ ރޮގުން ހުޅުމާލެ ވިނަރެސް 10-އޭ-702، މުހައްމަދު އަހްމަދަށް
  • އިމާރާތްކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް / ކުންފުނީގެ ފަރާތުން އިނާމާ ހަވާލުވެލެއްވީ، އެ ކުންފުނީގެ ޗެއާމަން އަބްދުލް މަޖީދަށް
  • މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކޮންޕިއުޓާ ސޮފްޓް ވެއާ އެޕްލިކޭޝަން ތަރައްގީކުރުމުގެ ރޮގުން ހއ. އުލިގަން / ފަހިވާ، އަރުޝަދު އަހްމަދަށް
  • ކުޅިވަރުގެ ދާއިރާއިން ކުޅިވަރުގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ކުޅިވަރުގެ އެކިއެކި މަސައްކަތްކުރުމުގެ ރޮގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް ހ. ސީޑް/ އައިޝަތު ނައުރާއަށް
  • ކުޅިވަރުގެ ދާއިރާއިން، ހާއްސަކޮށް ފުޓްބޯޅަ ކުޅުންތެރިން ތަމްރީނު ކުރުމުގެ ރޮނގުން ދިވެހި ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، ހިދުމަތުގެ ގައުމީ އިނާމު، ގ. އިލާ، އަލްމަރްހޫމް އިހްސާން އަބްދުލްގަނީ (ސާންތީ) ގެ ހަނދާނަށް އަރުވައިފައިވެއެވެ. އާއިލާއިން އިނާމާ ހަވާލުވެލެއްވީ، މަރުހޫމް އަބްދުލް ގަނީގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހްސަން ޢަބްދުލް ޣަނީއެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *