އުތީމުގައި އަލަށް ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި

ހއ. އުތީމުގައި އަލަށް ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ.

"މޫތީ ޕާކު"ގެ ނަމުގައި ތަރައްޤީކޮށްފައިވާ މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒުއެވެ. މި ޕާކު ހުޅުވުމަށްޓަކައި އުތީމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެ ރަށުގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތަކުން ވަނީ ބައިވެރިވެފައެވެ.

"މޫތީ ޕާކު" އަކީ އުތީމު ކައުންސިލްގެ ޚަރަދުގައި، އެ ރަށުގެ ކުޑަކުދިންނަށް ހިތްފަސޭހަ މާޙައުލެއްގައި ކުޅެ މަޖާކޮށް، ވަގުތު ހޭދަކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަޤްޞަދުގައި ތަރައްޤީކުރި ޕާކެކެވެ. މި ޕާކު ގާއިމުކޮށްފައިވަނީ އުތީމު ބޯޅަދަނޑާއި އިންވެގެން އޮތް ހުސްބިމުގައެވެ.

މި ޕާކު ހުޅުވިގެން ދިޔުމަކީ އުތީމުގެ ކުޑަކުދިންނަށާއި ބެލެނިވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ. މިއީ ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށާއި، ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *