ރޮނާލްޑޯގެ 50 ވަނަ ހެޓްރިކުން ޔުނައިޓެޑަށް ވަރަށް މުހިއްމު މޮޅެއް.

ޕްރެމިއަރ ލީގު؛ ރޮނާލްޑޯ ކްލަބް ފުޓުބޯޅައިގައި ހެދި 50 ވަނަ ހެޓްރިކުން ޔުނައިޓެޑަށް ވަރަށް މުހިއްމު މޮޅެއް ލިބިއްޖެއެވެ. ނޯވިޗް ސިޓީއާއި ޔުނައިޓެޑު ބައްދަލު ކުރިމެޗުގައި ރޮނާޑޯ ކާމިޔާބު ކުރި ދެގޯލުން ޔުނައިޓެޑް 2 ގޯލުގެ ލީޑެއް ނެގި ނަމަވެސް ނޯވިޗްގެ ޑުވެލް އަދި ޕުކީ ގެ ދޯލް ގަކުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އޭގެ ފަހުން 76 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއް ކާމިޔާބު ކޮށް ރޮނާލްޑޯގެ ހެޓްރިކް ފުރިހަމަކުރިއެވެ. ގަދަ ހަތަކަށް ވާދަ ކުރާ އާސެނަލް އާއި ޓޮޓެންހަމް ބަލި ވުމާއި އެކު މި ހޯދި ތިން ޕޮއިންޓާއެކު ޔުނައިޓެޑު މިވަނީ ލީގުގެ 5 ވަނަ އަށް ޖެހިލާފައެވެ.

ލީގުގެ އެހެން މެޗުތަކަށް ބަލާ އިރު އާސެނަމް ވަނީ ސައުތުހެމްޓަން އަތުން އެކެއް ސުމަކުން ބަލިވެފައެވެ. އަދި ޓޮޓެން ހަމވަނީ ފަހުވަގު ޓޮރޮސާޑް ޖެހި ގޯލުން ބްރައިޓަން އަތުން ބަލިވެފައެވެ. ބްރެންޓްފޯޑް އާއި ވޮޓްފޯޑް ބައްދަލު ކުރި މެޗު ނިމުނީ ބްރެންޓްފޯޑް 2-1 ކުން ކުރި ހޯދައިގެންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *