އެސްޓީއޯ އިން "އަމުލް" ބްރޭންޑްގެ ޕްރޮޑަކްޓްތައް ތައާރަފްކޮށްފި

އިންޑިއާގެ މަޝްހޫރު ބްރޭންޑެއްކަމަށްވާ "އަމުލް" ބްރޭންޑްގެ ކިރުގެ އުފެއްދުންތައް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގއިން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފިއެވެ.

އެސްޓީއޯއިން އަމުލް ބްރޭންޑުގެ އުފެއްދުންތައް ތަޢާރަފުކޮށްފައިވަނީ މިހާރު ކުރިއަށް ދާ ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން އެސްޓީއޯގެ ސްޓޯލްގައި ބޭއްވި ޙަފުލާއެއްގައެވެ.

އަމުލްއަކީ ކިރުގެ އުފެއްދުންތަކަށް ޚާއްސަ އިންޑިއާގެ ބޮޑު ބްރޭންޑެކެވެ. މި ނަމުގެ އަސްލު މާނައަކީ އާނަންދު މިލްކް ޔޫނިއަން ލިމިޓެޓް އެވެ. އަދި ބްރޭންޑް މުޅި ދުނިޔޭގައިވެސް މަޝްހޫރުވެފައިވަނީ ދަ ޓޭސްޓް އޮފް އިންޑިޔާގެ ގޮތުގައެވެ.

އެސްޓީއޯގެ ސްޓޯލްގައި ބޭއްވި ޙަފުލާގައި އަމުލް ބްރޭންޑްގެ އުފެއްދުންތައް ތަޢާރަފުކޮށްދެއްވީ އެސްޓީއޯގެ އެކްސްކޯ މެންބަރުންނެވެ.

އެސްޓީއޯއިން ވިދާޅުވީ، އަމުލްގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ކިރާ ބަޓަރާއި ޗީޒް އަދި އައިސްކްރީމްގެ އެކި ބާވަތްތައް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން މިހާރު ލިބެން ހުންނާނެކަމަށެވެ. އަދި އެސްޓީއޯގެ ސްޓޯލްގައި މިއަދު އަމުލް ގެ ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ފޮނިކާތަކެތި އަދި އައިސްކްރީމްވެސް ލިބެން ހުންނާނެކަމަށެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *