ދެމަފިރިން އެކުގައި ކުޅިވަރުކުޅުމަކީ ސުންނަތެއް!

ދެމަފިރިން އެކުގައި ކުޅިވަރު ކުޅުމަކީ ސުންނަތެކެވެ. އެއީ ދެމަފިރިންގެ ލޯތްބާއި ގުޅުން އިތުރަށް ބަދަހިކުރަން ސުންނަތުގައި ކުރަން އޮތްކަމެކެވެ. އެކަން އެނގިގެންދަނީ ރަސޫލް ﷺ  އެކަން ކުރއްވަވާފައިވާތީއެވެ.

ދަލީލަކީ ރަސޫލް ﷺ ޢައިޝަތުގެފާނާއިއެކު 2 ފަހަރުމަތިން ދުވެވަޑައިގެން ރޭސް ޖައްސަވާފައިވާތީއެވެ.

ހަމައެއާއިއެކު އިތުރަށް ވިސްނައިފިނަމަ ދެމަފިރިން އެކުގައި ކަސްރަތު ކުރުމަކީވެސް ސުންނަތެއްކަމަށް ބުނެވިދާނެއެވެ. ސަބަބަކީ ދުވުމަކީ އެކަމުގެ ސަބަބުން ހަށިގަނޑަށް ކަސްރަތުލިބޭ ކަމަކަށްވާތީއެވެ.

ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ރަސޫލް ﷺ އެކަން ކުރެއްވެވީ ދެކަނބަލުންގެ ގުޅުން ބަދަހިކުރެއްވެވުމަށްކަމަށްވެފައި އަދި ސަމާސާ ކުރެއްވެވުމުގެ ގޮތުން ކަމުގައިވުމުން ދެމަފިރިން އެކުގައި ކުޅިވަރުކުޅުމާއި ތަސްރަތުކުރުން ފަދަ ހަށިގަނޑަށް ފައިދާހުރި ކަންކަން ދެމަފިރިން އެކުގައި ކުރުމުގެ މުހިންމުކަން އެނގިގެންދެއެވެ. އަދި މިކަމުގެ މުހިންމުކަން އެންމެބޮޑުވެގެންދާ ސަބަބަކީ ދެކަނބަލުންގެ ގުޅުން ބަދަހިކުރެއްވެވުމުގެގޮތުން އެކަން ކުރައްވަވާފައިވުން ކަމުގައިވެސް ފާހަގަކުރައްވައެވެ.

މިހާރަކަށް އައިސް ދެމަފިރިން އެކުގައި ކުޅިވަރުކުޅެ މަޖާކުރުން އޮންނަނީ ބޭކާރު ކަމަކަށް ހަދައިފައެވެ. އުފާކުރަންޖެހޭ މަންޒަރެއްވެސް ފެނެއެވެ. އެއީ ވަރަށް ގިނަ ދެމަފިރިން އެކުގައި ކަސްރަތުކުރަން ހިނގުން ފަދަ ކަންކަން ކުރާކަމެވެ.

މިފަދަ ކޮންމެ ކަމަކީވެސް ދެމަފިރިންގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަންކަމެވެ. އެހެނީ އެފަދަ ކަންކަމުގެ ސަބަބުން ދެމަފިރިން އެކުގައި ވަގުތު ހޭދަކުރަން ލިބޭ ވަގުތުތައް އިތުރުވެގެންދާނެތީއެވެ. ދެމަފިރިން އެކުގައި ގިނަ ވަގުތު ހޭދަކުރުމަކީ ދެމަފިރިންގެ ގުޅުން ބަދަހިކުރަން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި އެންމެ މުހިންމު އެއް ކަންތަކެވެ.

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *