ބަލަންޑޯ އެވޯޑް ހެރީ ކޭނަށް

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހެރީ ކޭން ހޮވައި ބަލަންޑޯ އެވޯޑް ދީފިއެވެ. އިނގިރޭސިވިލާތުގެ ލަންޑަނުގައި އޮތް އެވޯޑް ހަފުލާގައި އޭނާ އަށް މި އެވޯޑް ހަވާލުކޮށްދިނީ ބްރެޒިލަށް 2 ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން މަޝްހޫރު ފޯވާޑް ރޮނާލްޑޯ އެވެ. އޭނާ އަކީ އެންމެ ޒުވާން އުމުރުގައި ބަލަންޑޯ ހާސިލްކުރި ކުޅުންތެރިޔާ އެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އިންޓަމިލާނުގެ ކުރީގެ ފޯވަޑް ވަނީ ބާސެލޯނާ އާއި އިންޓަމިލާނުގައި ދެ ފަހަރު ބަލަންޑޯ ހާސިލްކޮށްފަ އެވެ. މިއާއެކު އެވޯޑް ދިނުމުގެ ކުރިން ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރާ ގުޅޭ ހާއްސަ ވީޑިއޯއެއްވެސް ދެއްކި އެވެ.

އެވޯޑް ލިބުމަށްފަހު ކޭން ބުނީ އޭނާ މިހުރީ ބުނާނެ އެއްޗެއް ނޭނގިފައި ކަމަށެވެ.

އޭނާ ވަނީ ސޯޝަލް މީޑިއާ އާއި އެނޫން ގޮތްގޮތުން އޭނާ އަށް ތަރުހީބުދިން އެންމެނާއި ކުރީގެ ކުލަބު ޓޮޓެންހަމަށާއި އޭނާގެ އަންހެނުންނާއި އާއިލާ އާއި ހުރިހާ ކޯޗުންނާއި މިހާރުގެ ކުލަބު ބަޔާން މިއުނިކްގެ ކުޅުންތެރިންނާއި ހުރިހާ އޮފިޝަލުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ބަލަންޑޯ އެވޯޑަށް ކޭންއާ ވާދަކުރީ މިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިޔާ ޕީއެސްޖީގެ އޮސްމާނޭ ޑެމްބެލޭ އާއި މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް އާއި ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔާ ޕީއެސްޖީގެ ކްވީޗާ ކްވަރަސްކޭލިޔާ އާއި ބާސެލޯނާގެ ލަމީން ޔަމާލް އާއި ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާ ބާސެލޯނާގެ ރޮޑްރީ އާއި ރެއާލް މެޑްރިޑްގެ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި ރެކޯޑް އަދަދަކަށް ބަލަންޑޯ ހޯދާފައިވާ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި ބަޔާން މިއުނިކަށް ކުޅޭ ފްރާންސްގެ މައިކަލް އޮލީސޭގެ އިތުރުން ޕީއެސްޖީގެ ސްޕޭން މިޑްފީލްޑަރު ފަބިއަން ރުއިޒް އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *