ކޭ.ޖީ.އެފް 2 ގެ ތަރި ޔަޝް ފިލްމުގެ ކާމިޔާބު ފާހަގަކުރަނީ އާއިލާއާއިއެކު

ކޭ.ޖީ.އެފް 2 ގެ ކާމިޔާބަށްފަހު އެ ފިލްމުގެ މަޝްހޫރު ތަރި ޔަޝް އޭނާގެ އާއިލާއާއިއެކު ޗުއްޓީއަށް ހިނގައްޖެއެވެ. އޭނާގެ އަންހެނުން ރާދިކާއާއި ދެކުދިންނާއިއެކު ޗުއްޓީ ހޭދަކުރަމުންދާ ފޮޓޯތައް މީސްމީޑިޔާގައި ދައުރުވަމުންދާއިރު އޭނާއަށް ތާއިދުކުރާ މީހުން ދަނީ އޭނާއަށް ތަޢުރީފް ކުރަމުންނެވެ. ކޭ.ޖީ.އެފްގެ ބުރަ އަދި ކާމިޔާބު މަސައްކަތަށްފަހު އާއިލާއާއިއެކު އާދައިގެ ދިރިއުޅުމެއް ފެންނަ ޗުއްޓީތަކުން އޭނާގެ ސާދާކަން ފެންނަމުންދާތީއެވެ.

އިންޑިޔާގެ މޫދުގެ އައްސޭރީގައި ކުދިންނާއިއެކު ޔަޝް ކުޅޭ މަންޒަރު ފެނިގެން ދާއިރު އެމީހުންގެ މަޝްހޫރު ކެއުންތައް ކަމުގައިވާ ދޮންކެޔޮ ފަތުގައި ކާ މަންޒަރުވެސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. ޔަޝްގެ އަންހެނުން ރާދިކާ މި ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓް ކުރި ހިސާބުން މީހުންގެ ތަޢުރީފް އެމީހުންނަށް ދަނީ ލިބެމުންނެވެ. އެއްބަޔަކު ބުނަމުންދަނީ ޔަޝްއަކީ ނަމޫނާ ބައްޕައެއް ކަމަށެވެ.

2022 އެޕްރީލް 14 ގައި  ކޭ.ޖީ.އެފް 2 ރިލީޒް ކުރިއިރު މިފިލްމު އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. 55.83 ކުރޯޑް ރުޕީސް ލިބިފައިވާ މިފިލްމަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު އަދި ރަވީނާވެސް އުޅޭ ފިލްމެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *