އެންޖާސް ބަލިކޮށް ޕީއެސްޖީ ޗެމްޕިއަން ކަމާ ގާތަށް.

ފްރެންޗް ލީގް؛ ފްރާންސް ލީގުގައި ޕީއެސްޖީ އާއި އެންޖާސް ބައްދަލު ކުރިމެޗުން އެންޖާސް ބަލިކޮށް ޕީއެސްޖީ ޗެމްޕިއަން ކަމާ ގާތަށް ޖެހިލައިފި. ޓޭބަލް ގެ 14 ވަނައިގައިވާ އެންޖާސް އަތުން މޮޅުވެ 15 ޕޮއިންޓްގެ ލީޑެއް ލިބިފައި ވާއިރު އެންޖާސްގެ ދަނޑުގައި ކުޅުނު މެޗުގައި ޕީއެސްޖީ އަށް ލަނޑު ޖަހައިދީފައި ވަނީ އެމްބާޕޭ، ރާމޯސް އަދި މާކިނޯސް އެވެ. މިއީ ރާމޯސް ޕީއެސްޖީ އަށް ކާމިޔާބު ކޮށްދިން ދެވަނަ ލަނޑެވެ.

ލީގުގެ އެހެން ނަތީޖާ ތަކަށް ބަލާ އިރު ދެވަނައިގައި އޮތް މާސޭ ވަނީ 3-2 ކުން ނެންޓެސް އަތުން މޮޅުވެފައެވެ. 33 މެޗުން 56 ޕޮއިންޓް ހޯދައި ގޯލްގެ ތަފާތުން ކުރި ލިބިގެން 3 ވައިގައި އޮތް ރެނެސް ވަނީ ސްޓްރެޒްބާރގް އަތުން 2-1 ކުން ބަލިވެފައެވެ. ސްޓްރެޒްބާރގް މޮޅު ވުމުން ގަދަ ހަތަރެއްގެ ފޯރި މިވަނީ އިތުރަށް ގަދަ ވެފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *