ލިވަޕޫލުން ދޫދިނުމެއް ނެތި ސިޓީ އާއި ވިއްދާފައި.

ޕްރެމިއަރ ލީގު؛ ސިޓީއާއި ވަޓްފޯޑް ކުޅުނު މެޗުން 5-1 ގެ ބޮޑު ތަފާތަކުން ސިޓީ މޮޅުވެ 4 ޕޮއިންޓްގެ ލީޑެއް ގަނާފައި ވަނިކޮށް ލިވަޕޫލުން އެވަޓަން ބަލިކޮށް ސިޓީއާއި އެއް ޕޮއިންޓަށް ކައިރިއަށް ޖެހިލައިފިއެވެ. އެވަޓަން އާއި ދެކޮޅުށް ކުޅުނުމެޗު 2-0 ކުން ކާމިޔާބު ކުރުމުން ލީގު ހޯދުމުގެ ރޭހުގައި އަދިވެސް ވާނެ ގޮތެއް ނޭނގި ސީޓީ އަށް މިވަނީ ބާރު ބޮޑު ކޮށްފައެވެ. ޕްރެމިއާރ ލީގު ރެލިގޭޝަނުން ސަލާމަތް ވުމަށް އެވަޓަން ހަނގުރާމަ ކުރާއިރު ލިވަޕޫލު އަތުން ބަލިވުމުން އިތުރު ނުތަނަވަސް ކަމެއް މިވަނީ ލިބިފައެވެ.

އެހެން މެޗުތަކުގެ ނަތީޖާ ތަކަށް ބަލާއިރު ވެސްޓްހަމް އަތުން ފަހުވަގުތު ޗެލްސީ ވަނީ މޮޅުވެފައެވެ. ޕެނަލްޓީ އެއްލިބި ބޭކަރުވި މެޗު ނިމެން ދަނިކޮށް ބަދަލު ކުޅުންތެރިއެއް ގޮތުގައި ނިކުމެ 90 ވަނަ މިނެޓުގައި ޕުލިސިޗް ވަނީ ޗެލްސީ މޮޅު ކޮށްދީފައެވެ. މިނަތީ ޖާއިން ގަދަ ހަތަރަކަށް ވާދަ ކުރާ އާސެނަލް އާއި ޓޮޓެންހަމް އަށް ވުރެ ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައި ވާއިރު ޗެލްސީ ކުޅެފައި ވަނީ އެއްމެޗު މަދުން ނެވެ. އާސެނަލް ވަނީ 3-1 ކުން ޔުނައިޓެޑް ބަލި ކޮށްފައެވެ. އަދި ޓޮޓެންހަމް އަށް ބްރެންފޯޑް އަތުން މޮޅު ނުވެވި ވަނީ ޕޮއިންޓަކުން ފުއްދާލަން ޖެހިފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *