ޔަޝް އަކީ މިހާރު މުއްސަންޖެއް!

ކޭ.އެފް.ޖީއަކީ މިދުވަސްކޮޅު އިންޑިޔާގެ އިތުރުން ދުނިޔޭގައިވެސް ވަރަށް މަގުބޫލުކަން ލިބެމުން އަންނަ ފިލްމެކެވެ. އެ ފިލްމުގައި ލީޑް ރޯލު ކުޅޭ ޔަޝްގެ ހުނަރަކީ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ލިބިފައިވާ އެންމެ ފާހަގަކުރެވޭ ހުނަރެކެވެ.

ހަ ކުރޯޑުގެ ބޮޑު ގެއެއް ބެންގަލޫރުން ގަނެފައިވާ ޔަޝްއަކީ މިހާރު ވަރަށްބޮޑު މުއްސަންޖެކެވެ. އޭނާވަނީ އަށްޑިހަ ލައްކައާއި ގާތްކުރާ އަދަދަކަށް ފައިސާ ޚަރަދުކޮށްގެން ހަ ކާރުވެސް ގަނެފައެވެ.

ޔަޝްގެ ކުޅެފައިވާ ކޭ.އެފް.ޖީ ރިލީޒްކުރިތާ މާގިނަ ދުވަހެއް ނުވަނީސް އެ ފިލްމުވަނީ 298 ކުރޯޑު ރުޕީސް މިހާތަނަށް ހޯދާ ބޮކްސް އޮފީހުގައި ރެކޯޑް ހަދާފައެވެ.

ޔަޝް އޭނާގެ އަންހެނުންނާއިއެކު ބެންގަލޫގެ ގޭގައި

އޭނާގެ މިލްކިއްޔާތުގައި ހަތް މިލިއަން ޑޮލަރު މިހާރުވެއެވެ.  ސައުތުއިންޑިޔާގެ ޓީވީ އަކުން ފިލްމީ ދާއިރާއަށް ނިކުތް ޔަޝްދަނީ މަޝްހޫރު ބްރޭންޑްތަކުގެ އެންބެސަޑަރުކަންވެސް ކުރަމުންނެވެ. ބްރޭންޑް އެންބެސަޑަރުކަމަށް އޭނާ އެއްބަސްވާ އަގަކީ ފަސްދޮޅަސް ލައްކަ ރުޕީސްއެވެ. އަދި އޭނާއަކީ މިހާރު ސައުތުއިންޑިއަން ފިލްމުތަކުން އެންމެ ގިނަ އަދަދަކަށް ފައިސާ ނަގާ ތަރިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *