އާލިޔާބަޓްގެ ގަންގޫބާއި ކާޓިޔާވާޑީ މިހާރު ނެޓްފިލިކްސް ބަލާލެވޭނެ.

އާލިޔާބަޓްގެ ގަންގޫބާއި ކާޓިޔާވާޑީއަކީ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓް ކޮށްފައިވާ ބޮލީވުޑްގައި ކާމިޔާބު ފިލްމެކެވެ. ހަގީގީ ހާދިސާއަކަށް ބިނާކޮށްފައިވާ މިފިލްމްގައި އާލިޔާބަޓް ލީޑް ރޯލްކުޅޭއިރު މިފިލްމުގައި ދައްކުވައިދެނީ އިންޑިޔާގެ މަޝްހޫރު މާފިޔާ ކުއީންގެ ހަޔާތެވެ.

ފިލްމް ސްޓާރަކަށް ވުމަށް ހުވަފެންތައް ދެކެމުންދިޔަ އާދައިގެ އަންހެންކުއްޖެއް ގެއިން ފިލައިގެން ލޯބިވެރިޔާއާއިއެކު ބޮންބޭއަށް އޭނާގެ ހުވަފެން ހަގީގަތަކަށް ހަދަންދެއެވެ. ނަމަވެސް ހަށިވިއްކާ ނާސިގެއަކަށް އޭނާ ވިއްކާލާ، އަޅު އަންހެނެއްގެ ގޮތުގައި ހަޔާތް ވޭތިކުރަންޖެހެއެވެ. މިއީ 1960 ގެ އަހަރުތަކުގައި އަންހެނުންނާއިމެދު އަމަލުކުރެވުނު ގޮތްތައް ދައްކައިދޭ އަސަރުގަދަ ފިލްމެކެވެ.

އަޖޭ ދޭވްގަން އާއިއެކު އާލިޔާބަޓް މި ފިލްމުގައި ކުއީންއަކަށް ވީގޮތް ބަލާލަން މިއީ ރަނގަޅު ފިލްމެކެވެ. އަޅާލުމެއް ނުލިބޭ އެކަނިވެރި އަންހެނުންތަކެއްގެ އަސަރުގަދަ ދިރިއުޅުން އާލިޔާބަޓް ދައްކައިދީފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް މީޑިޔާތަކުގައި ބުނެއެވެ. މި ފިލްމު ވަނީ މިދިޔަ ހޯމަ ދުވަހު ނެޓްފްލިކްސްއަށް ލާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *