އެއްވަރުވެ ޔުނައިޓެޑް އަށް ޗެމްޕިއަންސް ލީގު ފުރުސަތު ގެއްލިއްޖެ.

ޕްރެމިއަރ ލީގު؛ ޕްރެމިއަރ ލީގުގައި ޔުނައިޓެޑާއި ޗެލްސީ ބައްދަލު ކުރި މެޗު 1-1 ކުން އެއްވަރުވެގެން ނިމިއްޖެވެ. އެހެން ކަމުން ޔުނައިޓެޑް އަށް ޗެމްޕިއަންސް ލީގު ފުރުސަތު ގެއްލިއްޖެ އެވެ. ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާ އިރު މިހާފުގައި ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅެ ފައި ވަނީ ޗެލްސީ އެވެ. ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީ 5 ޝޮޓު އޮން ޓާރގެޓް އަށް ހަދާފައި ވާއިރު ޔުނައިޓެޑް ގެ ތަރި އަށް ވެފައި ވަނީ ކީޕަރު ޑިގެއަރ އެވެ. ޔުނައިޓަޑަށް ހެދިފައި ވަނީ އެއްމެ ޝޮޓެކެވެ. ޗެލްސީން 64 ޕަސެންޓް ބޯޅަ ހިފައްޓާއިގެން ކުޅެފައި ވެއެވެ. ލިބުނު ފުރުސަތު ތަކަށް ބަލާއިރު ކައި ހަވަޓްޒް އަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވެ އެވެ.

ދެވަނަ ހާފު ފެށިގެން ވެސް ޗެލްސީ ދިޔައީ ޔުނައިޓެޑް އަށް ބާރު ބޮޑު ކުރަމުންނެވެ. ނަތީޖާ އަކަށްވީ 59 ވަނަ މިނެޓުގައި ރީސް ޖޭމްސް ނެގި ހުރަސް އޮލޮންސޯ ގޯލަށް ވައްދާލާ ލީޑު ނެގުމެވެ. މި ލަނޑާއި އެކު މާޔޫސް ވެފައިވާ ޔުނައިޓަޑުގެ ސަޕޯޓަރުންނަށް ހަމަ ޖެހުމެއް ގެނެސްދިނީ 62 ވަނަ މިނެޓުގައި ރޮނާލްޑޯ ގޯލެއް ޖަހައި އެއްވަރު ކުރުމުންނެވެ. މިއީ ރޮނާލްޑޯ ޗެލްސީ އާއި ދެކޮޅަށް ކުޅުނު އެގާރަ މެޗުގައި ޖެހުނު ފުރަތަމަ ގޯލެވެ. 70 ވަނަ މިނެޓުގައި ކައި އާއި ވާނާގެ ބަދަލުގައި ލުކާކޫ އައި ޕުލިސިޗް ކުޅެން އެރިއެވެ. 79 ވަނަ މިނެޓުގައި މެޓިޗް އާއި ރަޝްފޯޑް ގެ ބަދަލުގައި މަޓާ އާއި ޓޮމެނީ ކުޅެން ނިކުތެވެ. މެޗު ނިމިފައި ވަނީ ކޮންމެ ޓިމަކަށް ވެސް 1 ޕޮއިންޓް ލިބިގެންނެވެ. މިއީ މިދެޓީމު ލީގުގައި އެއްވަރުވި 25 ވަނަ މެޗެވެ. މި ނަތީޖާ އާއި އެކު ޔުނައިޓެޑު އަށް ޗެމްޕިއަންސް ލީގު ފުރުސަތު ގެއްލުނީއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *