ބޭނުންވާ ތަކެތި:
1 ޖޯޑު ފުފޫ (ކުދިކޮށް ކޮށާފައި)
3 މޭޒުމަތީ ސަމުސާ ހަނޑޫ ފުށް
¼ 3 ޖޯޑު ފެން
½ ޖޯޑު ހަކުރު
6 އިންޗީގެ ރާނބާފަތް
1 މޭޒުމަތީ ސަމުސާ މާފެން (ހުވަނދުމާ/ ފިނިފެން)
½ ޖޯޑު ބޯކިރު
ހަދާނެގޮތް:
ތެއްޔަކަށް ޖޯޑެއްހާ ފެންއަޅާ ކެކިގަންނަންދެން ކައްކާށެވެ. ދެން ފުފޫތައް ފެންގަނޑުގެ ތެރެއަށް އަޅާލާ މަޑުވަންދެން ކެކިކެކި ހުރި ފެނުގެ ތެރޭގައި ކައްކާށެވެ. ފުފޫކޮޅު މަޑުވީމާ ފުފޫކޮޅު ފުރާނާލާފައި އެއްޗަކަށް އަޅާފައި ބަހައްޓާށެވެ. ދެން ފުފޫ މަޑުކުރަން ބޭނުންކުރި ތެލީގެ ތެރެއަށް އަނެއްކާވެސް ½ 1 ޖޯޑު ފެން އަޅާށެވެ. އަދި ހަކުރާއި ރާނބާފަތްކޮޅާއި އަދި މާފެންކޮޅު ބޮކިޖަހާ ކެކިގަންނަންދެން ކައްކާށެވެ. ހަނޑޫފުށްކޮޅަށް ¼ ޖޯޑު ފެން އެއްޗަކަށް އަޅާ އެއްކޮށްލުމަށްފަހު ކުރިން މަޑުކުރި ފުފޫކޮޅާއިއެކު ކެކެމުންދާ ފެންގަނޑުތެރެއަށް އަޅާށެވެ. އެއަށްފަހު މަޑު ގިނީގައި ބަހައްޓައިގެން ތެލީގައި ހުރި ތަކެތި އޮލަވަންދެން ކައްކާށެވެ. ކެކެމުންދާއިރު ގަނޑުވިޔަ ނުދިނުމަށްޓަކައި ދޭފަތުން ހާކާށެވެ. ދެން ބޯކިރުކޮޅު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.
