ފުފޫ ކަނދި

ބޭނުންވާ ތަކެތި:

1 ޖޯޑު ފުފޫ (ކުދިކޮށް ކޮށާފައި)

3 މޭޒުމަތީ ސަމުސާ ހަނޑޫ ފުށް

¼ 3 ޖޯޑު ފެން

½ ޖޯޑު ހަކުރު

6 އިންޗީގެ ރާނބާފަތް

1 މޭޒުމަތީ ސަމުސާ މާފެން (ހުވަނދުމާ/ ފިނިފެން)

½ ޖޯޑު ބޯކިރު

 

ހަދާނެގޮތް:

ތެއްޔަކަށް ޖޯޑެއްހާ ފެންއަޅާ ކެކިގަންނަންދެން ކައްކާށެވެ. ދެން ފުފޫތައް ފެންގަނޑުގެ ތެރެއަށް އަޅާލާ މަޑުވަންދެން ކެކިކެކި ހުރި ފެނުގެ ތެރޭގައި ކައްކާށެވެ. ފުފޫކޮޅު މަޑުވީމާ ފުފޫކޮޅު ފުރާނާލާފައި އެއްޗަކަށް އަޅާފައި ބަހައްޓާށެވެ. ދެން ފުފޫ މަޑުކުރަން ބޭނުންކުރި ތެލީގެ ތެރެއަށް އަނެއްކާވެސް ½ 1 ޖޯޑު ފެން އަޅާށެވެ. އަދި ހަކުރާއި ރާނބާފަތްކޮޅާއި އަދި މާފެންކޮޅު ބޮކިޖަހާ ކެކިގަންނަންދެން ކައްކާށެވެ. ހަނޑޫފުށްކޮޅަށް ¼ ޖޯޑު ފެން އެއްޗަކަށް އަޅާ އެއްކޮށްލުމަށްފަހު ކުރިން މަޑުކުރި ފުފޫކޮޅާއިއެކު ކެކެމުންދާ ފެންގަނޑުތެރެއަށް އަޅާށެވެ.  އެއަށްފަހު މަޑު ގިނީގައި ބަހައްޓައިގެން ތެލީގައި ހުރި ތަކެތި އޮލަވަންދެން ކައްކާށެވެ. ކެކެމުންދާއިރު ގަނޑުވިޔަ ނުދިނުމަށްޓަކައި ދޭފަތުން ހާކާށެވެ. ދެން ބޯކިރުކޮޅު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *