ސާގު ބޮނޑިބަތް

ބޭނުންވާނެ ތަކެތި:

1 ޖޯޑު ސާގު

¼ ޖޯޑު ކާށި ކިރު

5 ޖޯޑު ފެން

½ ޖޯޑު ގެރިކިރު

¼ ޖޯޑު ހަކުރު

5 ކާފޫރު ތޮޅި

2 އިންޗީގެ ފޮނިތޮށިކޮޅެއް

2 އިންޗީގެ ރާނބާފަތް ކޮޅެއް

2 މޭޒުމަތީ ސަމުސާ ހުވަނދުމާ ފެން

ތައްޔާރުކުރާނެގޮތް:

ތެއްޔަކަށް ފެންފޮދު އަޅާފައި ކެކިގަތުމުން ސާގުކޮޅު އަޅާ މަޑުވަންދެން ކައްކާށެވެ. މަޑުވުމުން ސާގުކޮޅުގެ ހުދުކަން ގެއްލި އެތެރެ ފެންކުލައިގެ ކުދި ބޯޅަ ތަކެއްހެން ހީވާނެއެވެ. ދެން ސާގުތައް ފުރާނާލާށެވެ. އެއަށްފަހު ފެނުން ދޮވެލާށެވެ. ދެން ތެއްޔެއްގެ ތެރެއަށް ސާގުކޮޅާއި ހަކުރާއި ކާށިކިރާއި ރާނބާފަތާއި ކާފޫރުތޮޅިއާއި ފޮނިތޮށިކޮޅު އަޅާ އޮލަވަންދެން ކައްކާށެވެ. ދެން ގެރިކިރު ކޮޅާއި މާފެންކޮޅު އަޅައި ކައްކާލާށެވެ. ބޭނުން ނަމަ ގާނިޝްކޮށްލަން ފުރުޓް ނުވަތަ ނަޓްސް ބޭނުންކުރެވިދާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *