އައު ވެރިޔާ ކުރިމަތީގައި ޗެލްސީ ގެ ފުރަތަމަ މެޗު އެއްވަރު

ޕްރެމިއާރ ލީގު: ޗެލްސީގެ ވެރިޔާ ބަދަލު ވުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ވޮލްވްސް އާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ވެއްޖެއެވެ. ބްރިޖް ގައި ކުޅުނު މި މެޗުގައި ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެވަނަ ހާފުގައި 56 ވަނަ މިނެޓުގައި ޕެނަލްޓީ އަކުން ފުރަތަމަ ގޯލު ޖަހާ ލީޑު ނެގިއެވެ. 58 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި 2 ލަނޑުގެ ލީޑެއް ނެގިއެވެ. ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ ލުކާކޫ އެވެ. ވޮލްވްސް އިން އިތުރަށް މަސައްކަތް ކޮށް 79 ވަނަ މިނެޓުގައި ގޯލެއް ޖަހައި ޗެލްސީ އަށް ބާރު ބޮޑު ކުރަމުން ދިއުމުގެ ނަތީޖާ އަކީ މެޗުގެ ފަހު މިނެޓު ގައި އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރު ކޮށް އެއް ޕޮއިންޓް ޔަގީން ކުރުމެވެ. މިއާއި އެކު ގަދަ ހަތަރަކަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު އިންތިޒާރެއް މިވަނީ ކުރަން ޖެހިފައެވެ.

އިތުރު މެޗުތަކުގެ ނަތީޖާ ތަކަށް ބަލާއިރު ބްރެންފޯޓް ވަނީ 3-1 ކުން ސައުތު ހެމްޓަން ބަލި ކޮށް ފައެވެ. ވަޓްފޯޑް އަތުން ކްރިސްޓަލް ޕެލަސް މޮޅު ވީ އެއްލަނޑުންނެވެ. ލިވަޕޫލާއި ޓޮޓެންހަމް ބައްދަލު ކުރި ފޯރުގަދަ މެޗު 1-1 ކުން އެއްވަރުވެ ލީގު ހޯދުމަށް ކުރަމުން ދާ އުއްމީދު ތަކަށް ވަނީ ވަރަށް ބޮޑު މާޔޫސް ކަމެއް ކުރިމަތި ވެފައެވެ. ސިޓީ ކުރިއަށް އޮތް މެޗު ކާމިޔާބު ކޮށްފި ނަމަ 3 ޕޮއިންޓްގެ ލީޑެއް ލިބޭނެއެވެ. މީގެ އިތުރުން ޔުނައިޓެޑް 4-0 މަކުން ބަލި ކޮށް ބްރައިޓަން ވަނީ ރޮލާޑޯގެ ޔުނައިޓެޑް ލަދުގަންނަވާލާފައެވެ. ސަޕޯޓަރުން ގެ ނުރުހުމުގެ ޝުއޫރުތައް ވަނީ މީސްމީޑިއާ ގައި އިތުރަށް ގިނަވެފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *